ފުލުހުންނަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި

ޖެނުއަރީ 27، 2020: ހުޅުމާލެ، ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލުހުންނަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މީޑިއާ އަށް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް މަރުގެ އިންޒާރު ދީ ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައަކާ ގުޅިގެން ރޭ ދަންވަރު ދެ މީހަކު ހައްޔަރުކުރި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ 30 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ހަމައެކަނި ބުނީ އެ މައްސަލަ މިހާރު ތަހުގީގް ކުރުމުންދާ ކަމަށެވެ.

މިއަހަރު ފާސްކުރި އެންޓި ޓެރަރިޒަމްގެ ބިލްގެ ދަށުން މީހުންނަށް މަރުގެ އިންޒާރު ދިނުން ފަދަ ކުށްކުށުގައި ބައެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.

comment ކޮމެންޓް