ކޮރޯނާ ވައިރަސްއަށް ބެލުމެއް ނެތި އިސްރާއިލްގެ އެތައް ސަތޭކަބަޔަކު މުޒާހަރާގައި

އިސްރާއިލްގެ ރައްޔިތުން މުޒާހަރާގައި--

ކޮރޯނާ ވައިރަސްއަށް ބެލުމެއް ނެތި އިސްރާއިލްގެ އެތައް ސަތޭކަބަޔަކު މުޒާހަރާކުރަމުން އެބަދެއެވެ.

ގައިދުރުކޮށްް ތިބ މާސްކުއަޅައިގެން އިސްރާއިލްގެ ރައްޔިތުން މުޒާހަރާއަށް ނުކުތީ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އެ މަގާމުގައި ދެމި ހުރެވޭ ގޮތަށް ދާދި ފަހުން ހެދި ޑީލްއަކާ ގުޅިގެންނެވެ.

ނަތަންޔާހޫގެ މައްޗަށް އެތަކެއް ކޮރޮޕްޝަންގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާއިރު އޭނާގެ މައްސަލަ ޝަރީއަތުގައި އަދިވެސް އެބަތޮވެ.

އިސްރާއިލްގައި ދާދި ފަހުން ބޭއްވި ތިން އިންތިހާބުވެސް އެެއްވެސް ބަޔަކަށް އަގުލަބިއްޔަތު ނުލިބި ސަރުކާރެއް އެކުލެވޭގޮތް އޮތީ ނުވެފައެވެ. ނަމަވެސް ދާދި ފަހުން ނަތަންޔާހޫއާ އޭނާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ މިލިޓަރީ ޗީފް ބެނީ ގްރާންޓްޒްއާއެކު ވަނީ އެއްބަސްވުމެއް އެކުލަވާލައި ދެ ފަރާތުން ބާރުތައް ހިއްސާވާގޮތަށް ސަރުކާރެއް އެކުލަވާލަން ވަނީ ނިންމައިފައެވެ.

އެ އެއްބަސްވުމުގެ ދަށުން ބޮޑުވަޒީރުކަމުގެ މަގާމުގައި ނަތަންޔާހޫއަށް ދެމިހުރެވޭއިރު ޖުޑީޝިއަރީގެ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ބާރު ނަތަންޔާހޫގެ ޕާޓީއަށް އޮންނާނެއެވެ. އޭގެ ތެރޭގައި އެޓާނީ ޖެނެރަލްގެ މަގާމާއި ސްޓޭޓް ޕޮރޮސިކިއުޓާގެ މަގާމު ހިމެނެއެވެ. އެހެންކަމުން ނަތަންޔާހޫގެ ޝަރީއަތަށް ނުފޫޒުފޯރުވުމުގެ ބާރު އޮންނާނެއެވެ.

ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އޮޅުވާލުމާއި އަދި ރިޝްވަތު ހިފުން ހިމެނެއެވެ. --- އަލްޖަޒީރާ --

comment ކޮމެންޓް