"ގަންގޫބާއީ"ގެ ސެޓު ހަލާކުކޮށްލަނީ

ފިލްމުގެ ޕޯސްޓަރެއް---

އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ"ގެ ޝޫޓިން ވަނީ ކޮވިޑް19ގެ ސަބަބުން މެދުކަނޑާލައިފަ އެވެ.

އެ ފިލްމުގެ މަންޒަރުތައް ޝޫޓްނުކުރާތާ ދުވަސްތަކެއް ވެފައިވާއިރު ހަބަރުތައް ބުނާގޮތުގައި އެ ފިލްމު ޝޫޓްކުރަން ތައްޔާރުކުރި ސެޓު ހަލާކުކޮށްލަން ވަނީ ނިންމާފަ އެވެ. ބަންސާލީގެ ޕްރޮޑަކްޝަން ހައުސް އިން ތައްޔާރުކުރި އެ ސެޓު ހަލާކުކޮށްލަން ނިންމީ އިންޑިއާގެ ލޮކްޑައުން ދެމިގެންދާނެ ދުވަހެއް ނޭނގޭތީކަމަށް ބައެއް ހަބަރުތައް ބުނެ އެވެ. ސެޓު ބޭނުންނުކުރި ނަމަވެސް ސެޓު ހުރި ތަނަށް މިހާރުވެސް ކުލި ނަގާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ފައިސާތަކެއް ބޭކާރުވެގެންދާތީ ސެޓު ހަލާކުކޮށްލަން ނިންމީކަމަށް ރިޕޯޓްތައް ބުންޏެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.

comment ކޮމެންޓް