އެންމެ ފުރަތަމަ ބިގްބޮސް ހޯސްޓްކުރަން ހުށައެޅީ ޝާހްރުކަށް

ސަލްމާން އާއި ޝާހްރުކް---

ސަލްމާން ޚާން ހޯސްޓްކުރަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ޝޫޓްކުރަން އެންމެ ފުރަތަމަ ހުށައެޅީ ސަލްމާނަށް ނޫންކަމަށް އޭނާ ބުނެފިއެވެ.

ސަލްމާން ބުނީ އެ ޝޯ ހޯސްޓްކުރަން އެންމެ ފުރަތަމަ ހުށައެޅީ ބޮލީވުޑްގެ ލެޖެންޑަރީ ތަރި ޝާހްރުކްޚާން އަށް ކަމަށެވެ. ނަމަވެސް އެދުވަސްވަރު އޭނާގެ އެންޖަރީއެއްގައި ހުރުމުން ޝޯ ހޯސްޓްކުރެވޭ ގޮތް ނުވުމުން ސަލްމާނަށް އެ ޝޯ ހޯސްޓްކުރަން ފުރުސަތު ލިބިގެންދިޔަކަމަށެވެ. ސަލްމާން ބުނީ އޭނާއަށް މި ޝޯ ހޯސްޓްކުރުމުގެ ފުރުސަތު ލިބިގެންދިޔައީ ޝާހްރުކްގެ ސަބަބުން ކަމަށާއި އޭނާއަށް އެކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ބިގް ބޮސް ގެ ފުރަތަމަ ސީޒަން ހޯސްޓްކުރީ އަރްޝަދު ވާރްސީއެވެ. އެއަށްފަހު ޝިލްޕާ ޝެޓީ އަދި އަމީތާބް ބައްޗަންވެސް ވަނީ މި ޝޯ ހޯސްޓްކޮށްފައެވެ. ނަމަވެސް އެ ތިން ސީޒަނަށްފަހު ބިގް ބޮސް ހޯސްޓްކުރަމުން އަންނަނީ ސަލްމާން ޚާންއެވެ. ބިގް ބޮސްގެ ފަސް ވަނަ ސީޒަނުގައި ސަލްމާން އާއެކު ސަންޖޭ ދަތު ވެސް ވަނީ ބިގް ބޮސް ޝޫޓްކޮށްފައެވެ.

ބިގްބޮސްގެ 13 ސީޒަނެއް މިހާރު ގެނެސްދީފައިވާއިރު ނިމިގެން ދިޔަ ބިގްބޮސް ކާމިޔާބުކުރީ އެކްޓަރު ސިދާތު ޝުކްލާއެވެ. ދެވަނަ އަށް ދިޔައީ އާސިމް ރިއާޒްއެވެ.

comment ކޮމެންޓް