ޔޫރޯގެ ޕްލޭ އޮފް މެޗުތައް އޮކްޓޫބަރާއި ނޮވެމްބަރަށް

ޔޫރޯ 2016ގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ --- ފޮޓޯ: އޭޕޯ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯގެ ފައިނަލް ޖާގަތައް ކަށަވަރު ކުރުމަށް ކުޅޭ ޕްލޭއޮފް ގެ މެޗުތައް އެންމެ އަވަހަށް ވެސް ކުޅެވޭނީ މިއަހަރުގެ އޮކްޓޫބަރު، ނޮވެމްބަރު ހިސާބުގައި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް އަޔަލެންޑް (އެފްއޭއައި) ގެ ސީއީއޯ ގެރީ އޮވެންސް ބުނެފި އެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިއަހަރުގެ ޖޫން މަހު ބާއްވަން ހަމަޖެހިފައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް އަންނަ އަހަރުގެ ޖޫން މަހަށް ބަދަލު ކުރީ މިއަހަރު އެ މުބާރާތް ބޭއްވޭނެ ޖާގައެއް ނެތުމުންނެވެ. އަދި އެއާ އެކު މާޗު މަހު ކުޅުމަށް ހަމަޖެހިފައި އޮތް ޕްލޭ އޮފްގެ މެޗުތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި، ހާއްސަކޮށް ޔޫރޮޕުގެ ގައުމުތަކުގައި ކޮންޓްރޯލް ވުމެއް ނެތި އަދިވެސް ގިނަ ބަޔަކަށް ވައިރަސް ޖެހެމުންދާއިރު އިންޓަނޭޝަނަލް ފުޓުބޯޅަ އެނބުރި އަންނާނެ ތާރީހެއް ބުނަން ދަރި ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. އަދި މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަންތަކަށް ވެސް ގޮތެއް ނިންމިފައި ނުވާ އިރު އަންނަ ސީޒަނަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށްމިހާރު ވަނީޫ ބެލެވިފަ އެވެ.

އެކަމަކު ގިނަ ބަޔަކު ދުރާލައި އިންތިޒާރު ކުރަމުން އައި ޔޫރޯ ފަސްކުރުމާ ގުޅިގެން ޕްލޭ އޮފް ކާމިޔާބުކޮށް ޖާގައެއް ޔަގީން ކުރުމަށް ބައެއް ގައުމުތަކުން އަދިވެސް ތިބީ ކެތްމަދުވެފަ އެވެ. އެގޮތުން ރިޕަބްލިކް އޮފަ އަޔަލޭންޑާއި، ސްލޮވޭކިއާ އަދި ބޮސްނިއާ-ހާޒެގޮވިނާގެ އިތުރުން ނޯދާން އަޔަލެންޑް ހިމެނެ އެވެ.

މި މެޗުތައް ކުޅޭނެ ތާރީހުތަކެއް ޔަގިންކޮށް ޓީމުތަކާ ވާހަކަ ދެއްކުމަށް އިއްޔެގެ ވަގުތެއްގައި ޔޫއެފާއިން ވަނީ ވީޑިއޯ ކޮންފަރެންސެއް ބާއްވާފަ އެވެ. މި ކޮންފަރެންސަށް ފަހު އަޔަލޭންޑްްގެ ފުޓުބޯޅަ އިދާރައިގެ ސީއީއޯ އޮވެންސް ބުނީ ޕްލޭ އޮފްގެ މެޗުތައް އެންމެ އަވަހަށް ވެސް ކުޅެވޭނީ އަންނަ އޮކްޓީޯބަރު، ނޮވެމްބަރު ހިސާބުގައި ކަމަށެވެ.

"ޕްލޭ އޮފް ތާރީހުތަކުގެ ކުޑަ އަޕްޑޭޓެއް އަދި ލިބުނީ. ކުރިން ހީކުރެވުނީ ނޮވެމްބަރު ފަހުކޮޅު ކަމަށް ޕްލޭ އޮފް ފެށޭނީ. އެކަމަކު މިހާރުގެ ހާލަތަށް ބަލައި އޮކްޓޫބަރު މަހުގެ ތެރޭގައި ސެމީ ފައިނަލް ކުޅެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވާހަކަ ދެކެވެމުން ދަނީ،" އޮވެންސް ބުނެފައިވެ އެވެ.

އެޮވެން ބުނީ، ޕްލޭ އޮފްގެ ސެމީ ފައިނަލާއި، ފައިނަލް އެއް މަހެއްގެ ތެރޭގައި ކުޅުމަށް ޔޫއެފާއިން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ފައިނަލް ކުޅުމަށް ވާހަކަ ދެކެވުނީ ނޮވެމްބަރުގައި ކަމަށް އޮވެންސް ބުންޏެވެ.

މިހާޜު އޮތް ގޮތުން ނަމަ ޔޫރޯ ބާއްވަން ހަމަޖެހިފައިވާ ތާރީހަކީ އަންނަ އަހަރުގެ ޖޫން 21 އެވެ.

comment ކޮމެންޓް