އެންގުމާ ޚިލާފަށް ކޮނޑެއަށް ދިޔަ މީހަކު ހައްޔަރުކޮށްފި

ގއ. ކޮނޑޭ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ޚިލާފަށް ގއ. ގެމަނަފުށިން ފުރައިގެން އެއަތޮޅު ކޮނޑެއަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ގެމަނަފުށީ ކޮވިޑް-19 ޓާސްކް ފޯހުގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ އުމުރުން 60 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހަވީރު 16:20 އެހައިކަންހާއިރު ކަމަށެވެ.

ޓާސްކް ފޯހުގެ މެމްބަރު ވިދާޅުވީ އެމީހާގެ އަމިއްލަ ޑިންގީއެއްގައި ކޮނޑެއަށް ގޮސް އެރަށުގެ ވަލުތެރޭގައި އުޅެނިކޮށް ކޮނޑޭ ޓާސްކް ފޯސް މެމްބަރުންނަށް އޭނާ ފެނުނީ ކަމަށެވެ.

"ދެން ކޮނޑޭ ޓާސްކް ފޯސް އިން ވަނީ އޭނާ އެރަށުން ބާލުވާފައި. އަދި ގެމަނަފުށީ ޓާސްކް ފޯހަށް އެ މައުލޫމާތު ހިއްސާ ކޮށްފައިވޭ،" ޓާސްކް ފޯހުގެ މެމްބަރު ވިދާޅުވިއެވެ.

އެމީހާ ގެމަނަފުއްޓަށް ފޭބިތަނުން ފުލުހުން ވަނީ އޭނާ ހައްޔަރިކޮށްފައެވެ. މިހާރު އޭނާ ވަނީ ގެމަނަފުށީ ޕޮލިސްޓޭޝަންގައި ބަންދުކޮށްފައެވެ.

comment ކޮމެންޓް