ސެނެހިޔާ އަށް ގެންދިޔައިރު ވެސް ބިދޭސީ މީހާ އޮތީ މަރުވެފައި: އެމްއެންޑީއެފް

ސެނެހިޔާ ކައިރި

މިރޭ މަގުމައްޗަށް ވެއްޓިފައި އޮއްވާ ސެނަހިޔާއަށް ގެންދިޔަ ބިދޭސީ މީހާ މަރުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް، އޭނާ ބެލި ޑޮކްޓަރު މައުލޫމާތު ދީފައިިވާ ކަަމަށެވެ.

އަދި އެ ބިދޭސީ މިހާ މިރޭ މެޔަށް ތަދުވާތީ އުޅުނު ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެމީހާ ވެއްޓިފައި އޮއްވާ ފެނުނީ މިރޭ 8:31 އެހައިކަންހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށެވެ.

އެމީހާ ވެއްޓިފައި ވަނީ މާފަންނު އޯޑިއޮން ކައިރީ މަގުމައްޗަށް ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވީ ވެއްޓިފައި އޮތީ 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަަމަށެވެ.

comment ކޮމެންޓް