މުހިންމު ހިދުމަތްތަކަށް އާދިއްތަ އަދި ހޯމަ ދުވަހު އެމްއައިބީ ހުޅުވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް: މާދަމައާ އަނެއް ދުވަހު ބޭންކު ހުޅުވުމަށް ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ

ބައެއް މުހިންމު ހިދުމަތްތައް ދިނުމަށް މާދަމާ އާއި އޭގެ އަނެއް ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވުމަށް ނިންމައިފި އެވެ.

އެމްއައިބީން ބުނީ އެ ދެ ދުވަހު ބޭންކު ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 12:30 އަށް ކަމަށެވެ.

މާލޭގެ އިތުރުން އައްޑޫސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށި ބްރާންޗު ވެސް އެ ދެ ދުވަހު ހުޅުވާނެ ކަމަށް އެމްއައިބީން ބުނެއެވެ.

ލިބޭނެ ހިދުމަތްތައް:

1- ނަގުދު ފައިސާ ޖަމާކުރުން އަދި ނެގުން (50،000.00 ރ އިން މަތި)

2- އެހެން ބޭންކުތަކުގެ ޗެކު ޖަމާކުރުން

3- މުސާރަ އަދި ރޯދަ ބޯނަސް ޖަމާކުރުމުގެ ހިދުމަތް

4- އެހެން ބޭންކުތަކަށް ފައިސާ ފޮނުވުން (އާރް ޓީ ޖީ އެސް- ހަމަ އެކަނި ޒަރޫރީ ބޭނުންތަކަށް)

5- އެލްސީ އަދި ޓީޓީ ހެދުން (ބޭރުގެ ބޭންކުތަކަށް- އޮންލައިންކޮށް)

މާލެއިން މި ހުރިހާ ހިދުމަތްތަކަށްވެސް ނަންބަރު ނެންގެވޭނީ އެންޓް ކިއު އެޕްލިކޭޝަން މެދުވެރިކޮށް އެކަންޏެވެ. މި އެޕލިކޭޝަން mib.shor.tn/onlinequeue މި ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި ކަރުދާސް ނަންބަރު ދޫނުކުރާނެ ކަމަށްވެސް ބޭންކުން ވަނީ ބުނެފަ އެވެ. ނަމަވެސް އަތޮޅުތަކުގައި ހުޅުވާފައިވާ ބްރާންޗްތަކުން ކަރުދާސް ނަންބަރު ދުކުރާނެއެވެ.

ބްރާންޗްތަކަށް ކަސްޓަމަރުން ވައްދަމުން ގެންދާނީ ކިއުނަމްބަރު ގާތްވެފައިވާ ކަސްޓަމަރުން ކަމަށާއި، ބްރާންޗްތެރެ ތޮއްނުޖެހޭނެ ގޮތައް ބަލައިގެން ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ބޭންކު ހުޅުވާ ހިދުމަތް ދެއްވި ކަމުގައިވިޔަސް އެ ބޭންކުގެ އޮންލައިން އެޕްލިކޭޝަނުން ފައިސާމޮބައިލް މެދުވެރިކޮށް ލިބިލައްވާ ހިތދުމްތައް ބޭންކަށް ވަޑައިނުގެން ހޯއްދެވުމަށް އެމްއައިބީން ބާރު އަޅުއްވައެވެ. އަދި ޓީޓީ ކުރައްވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓީޓީ ފޯމް ހުށަހެޅުއްވުމަށްފަހު ބޭނުންވާ ލިޔެކިޔުން [email protected] އަށް އީ މެއިލް ކުރެއްވުމުން ބޭންކުން ޓީޓީ ފޯރމު ޕޮރެސްސްކުރާނެކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް