މޯލްޑިވް ގޭހަށް ހަތަރު ޕްލެޓްފޯމަކުން އޯޑަރުކުރެވޭނެ

މޯލްޑިވް ގޭހުން ވިއްކާ ގޭސްފުޅިތަކެއް--

މޯލްޑިވް ގޭހަށް ލިބެމުންދާ ގޭސް އޯޑަރުތައް ގިނަވުމާއެކު އޯޑަރުކުރެވޭ ޕްލެޓްފޯމުތަކުގެ އަދަދު އިތުރުކޮށްފި އެވެ.

މޯލްޑިވް ގޭހުން ބުނީ އެއްފަހަރާ ގިނަ އަދަދެއްގެ އޯޑަރުތައް ލިބެމުންދާ ކަމަށާއި އެހެންކަމުން ގޭސްފުޅިއަށް އޯޑަރު ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އެކަމަށް ލުޔެއް ހޯދައިދިނުމަށްޓަކައި އޯޑަރު ކުރެވޭނެ ހަތަރު ޕްލެޓްފޯމެއް ގާއިމުކޮށްފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އެ ޕްލެޓްފޯމުތަކަކީ؛

  • މޯލްޑިވް ގޭހުގެ ހޮޓްލައިން ނަންބަރު: 1616
  • ކުންފުނީގެ ވެބްސައިޓް
  • ވައިބާ ހޮޓްލައިން ނަންބަރު: 7935614
  • އެސްއެމްއެސް: 7201616

އެސްއެމްއެސް މެދުވެރިކޮށް އޯޑަރުކުރާ ފޯމެޓް 'help' ޖެހުމަށްފަހު 7201616އަށް ފޮނުވާލުމުން ލިބޭނެ އެވެ.

މޯލްޑިވް ގޭހުން ބުނީ މި ހާލަތުގައި ގޭސްފުޅި ޑެލިވަރީ ކޮށްދެވޭނީ ގޭބިސީތަކުގެ ދޮރާ ހަމައަށް ކަމަށެވެ. އެހެންކަމުން ހުސްވެފައިވާ ގޭސްފުޅި ވެސް ދޮރާ ހަމައަށް ނެރެދިނުމަށް އެކުންފުނިން އެދެއެވެ.

comment ކޮމެންޓް