ބްރެޒިލްގެ ރައީސްގެ ކޮވިޑް ޓެސްޓްގެ ނަތީޖާ އާންމުކުރަން އެގައުމުގެ ކޮންގްރެސްއިން ގޮވާލައިިފި

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ (ކ) ޓްރަމްޕާއެކު--

ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯގެ ކޮވިޑް ޓެސްޓްގެ ނަތީޖާ އާންމުކުރަން އެގައުމުގެ ކޮންގްރެސްއިން ގޮވާލައިިފ އެެވެ.

ބްރެޒިލްގެ ރައީސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޮވިޑް-19 އަށް ވަނީ ޓެސްޓްކޮށްފަ އެެވެ. އަދި އެ ޓެސްޓްތަކުގެ ނަތީޖާ ނެގެޓިވްކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެއް ފަހަރު ވެސް އެ ނަތީޖާ އާންމުކޮށްފައެއް ނުވެ އެވެ.

ބްރެޒިލްގެ ކޮންގްރެސްގައި ހިމެނޭ ޗެމްބާ އޮފް ޑެޕިއުޓީޒްއިން މިހާރު ވަނީ އެ ޓެސްްޓްގެ ނަތީޖާ ކޮންގްރެސްއަށް ހުށަހެޅުމަށް ރަސްމީކޮށް އެދިފަ އެވެ. އެކަމަށް 30 ދުވަހުގެ މުހުލަތެއް ވަނީ ދީފަ އެވެ.

ބެރެޒިލްގެ ގާނޫނު އަސާސީގެ 50 ވަނަ މާއްދާގެ ދަށުން އެ މައުލޫމާތުތައ ފޯރުކޮށް ނުދިނުމަކީ ކުށެކެވެ.

ބްރެޒިލްގެ ރައީސް އެމެރިކާއަށް މިދިޔަ މަހު ކުރެއްވި ދަތުރަށް ފަހު ދެ ފަހަރެއްގެ މަތިން ވަނީ ކޮވިޑްއަށް ޓެސްޓްކޮށްފަ އެވެ. އެމެރިކާގައި އެމަނިކުފާނު ވަނީ ޑޮނަލްޑް ޓަރަމްޕާއި އަދި އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ.

ކޮރޯނާ މުޅި ދުނިޔެއަށް ފެތުރިފަިއވާ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި އޮތް ނަމަވެސް އެކަން ބްރެޒިލްގެ ރައީސް ގަބޫލެއް ނުކުރައްވަ އެވެ. އަދި ބްރެޒިލް ލޮކްޑައުންއަކަށް ގެންދިއުމަށް ވެސް އެމަނިކުފާނު ދަނީ ދެކޮޅުހައްދަވަމުންނެވެ. އެ މައްސަލާގައި ރައީސްއާއި ބްރެޒިލްގެ ހެލްތު މިނިސްޓަރު ވެންޑަސަން ޑެ އޮލިވެއިރާއާ ހިޔާލުތަފާތުވެ ހެލްތު މިނިސްޓަރު މިހާރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ބްރެޒިލްގައި 25،000 އަށް ވުރެ ގިނަ މީހުނަށް ކޮރޯނާ ޖެހިފައިވާ އިރު 1500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މަސްދަރު: އާރުޓީ

comment ކޮމެންޓް