މިފްކޯގެ އުފެއްދުންތައް މާލޭގެ ގެތަކަށް ޑެލިވަރީ ކޮށްދޭން ފަށައިފި

މިފްކޯ މަސްފިހާރައިގައި ފަސްމީރު މަސްދަޅުތަކެއް -- ސަން ފައިލް ފޮޓޯ

ލޮކްޑައުންއާ ގުޅިގެން މިފްކޯގެ އުފެއްދުންތައް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފަށައިފި އެވެ.

މިފްކޯ އިން ބުނީ މި ހިދުމަތުގެ ދަށުން ޑެލިވަރީ ކޮށްދެވޭނީ ހަމައެކަނި މާލޭގެ ގެތަކަށް ކަމަށެވެ.

މި ހިދުމަތް ހޯދުމަށް ޓަކައި ބޭނުންވާ އުފެއްދުމުގެ ނަން، އަދަދު، ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް(ފްލޯ ނަންބަރު، މަގު) އަދި ގުޅޭނެ ފޯނު ނަންބަރު ހިއްސާކުރަން ޖެހޭނީ މިފްކޯގެ ނަންބަރު 7255533 އަށެވެ.

މި މައުލޫމާތު އެ ނަންބަރަށް ގުޅައިގެން އަދި ވައިބާ މެދުވެރިކޮށް ވެސް ހިއްސާ ކުރެވޭނެ އެވެ.

ކޮވިޑް19އާ ގުޅިގެން މިފްކޯ މަސް ދަޅު އަދި މަސް ކޭސް ވިކުނު އަދަދު އިތުރުވި ނަމަވެސް، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ މިންވަރަށް މަސްދަޅުގެ ސްޓޮކް ހުންނާނެ ކަމަށް މިފްކޯ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް