މޯލްޑިވް ގޭހުން މިއަދު ގޭސް ޑެލިވަރީކޮށްދޭނެ

ކޮރޯނާ ވައިރަސްގެ ކޭހެއް އިއްޔެ މާލެއިން ފެނުމާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި މޯލްޑިވް ގޭހުން މިއަދު އިމަޖެންސީ ގޭސް ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވް ގޭހުން ބުނީ މިއަދު ހެނދުނު ނުވަޔަކުން ފެށިގެން މިރޭ 8:30 އާއި ހަމައަށް އިމަޖެންސީ ޑެލިވަރީގެ ހިދުަތަ މަތް ދޭނެ ކަމަށެވެ. ނަމަވެސް ސަލާމަތީ ސަބަބު ތަކަށް ޓަކައި ގޭސްފުޅި ޑެލިވާކޮށްދޭނީ ގޭގެ ދޮރާ ހަމައަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވް ގޭހުން ގޭސް ޑެލިވަރީގެ ހިދުމަތް ދިންނަމަވެސް އެކުންފުނީގެ ކޯލް ސެންޓަރު ބަންދުވާނެ އެވެ. ގޭހަށް އޯޑަރު ދިނުމަށް އެ ކުންފުނީގެ ވެބްސައިޓު ނުވަތަ އެސްއެމްއެސް އޯޑާގެ ހިދުމަތް ބޭނުން ކުރެވޭނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ގޭހަށް އޯޑަރު ދިނުމަށް ކަސްޓަމާ ކޯޑައި އައިޑީކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް އެސްއެމްއެސް ކުރެވޭނެ އެވެ.

މާލެއިން އިއްޔެ ކޮވިޑްގެ ކޭހެއް ފެނި މާލޭގެ އެލާޓް ލެވެލް ރަތަށް މަތިކޮށް މުޅި މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ.

comment ކޮމެންޓް