މި އަހަރުގެ ބާ އިމްތިހާން ކުރިން ވެސް ރާވަައިފައިވާ ގޮތަށް ބާއްވަން ނިންމައިފި

ޖުަލައި، 17، 2019: ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބާ ކައުންސިލް ހާޒިރު ކުރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި އަހަރުގެ ބާ އިމްތިހާން ކުރިންވެސް ރާވަައިފައިވާ ގޮތަށް ގެންދަން ނިންމައިފި އެވެ.

ރާއްޖޭގެ ބާ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އިމްތިހާންގެ މަސައްކަތްތައް ކުރިން ތަސައްވަރުކުރި ގޮތާ ހިލާފަށް ގޮސްދާނެ ކަމަށް ލަފާކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެފަދަ ހާލަތެއް މިހާރު ނެތް ކަަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ.

މިމަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ގާނޫނީ ވަކީލުން ތަފާތު ހިޔާލުތައް މިހާރު ދަނީ ފާޅުކުރަމުންނެވެ. އެހެންކަމުން އެކަމަކީ ބާ ކައުންސިލްގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވާތީ އެކަމާ މެދު ބާ ކައުންސިލްގެ ޕޮޒިޝަނެއް ވަރަށް އަވަހަށް އެކުލަވާލުމަށް މިއަދު ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ މަތީތައުލީމުދޭ އެކި ތަންތަނުގައި ހިންގާ އެންމެހާ ކޯސްތަކާއި ޕްރޮގްރާމްތަކަށް އަމަލުކުރުމަށް ބާކައުންސިލުން ވަނީ މިނިމަމް ސްޓޭންޑަޑް ފާސްކޮށްފަ އެވެ. އިންޓަނޭޝަަލް އެކްސްޕާޓް ޕްރޮފެސާ ޖޫލިއާން ވެބްވަނީ ވަނީ ބާ ކައުންސިލްއަށް ލަފާދީ ބައެއް ކަންތައްތައް ތަންފީޒްކުރުމަށް ހުށަހަޅުއްވައިފަ އެވެ. އެ ކަންތައްތައް ތަންޒީފްކުރުމަށް ބޭނުންވާ ކަންކަން ކަނޑައަޅާނީ ބާ ކައުންސިލްއިން ފާސްކުރާ ގަވައިދަކުން ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީއާ އެކު ބާ ކައުންސިލުން މިހާރު ދަނީ ސުލޫކީ ކަންކަމާ ބެހޭ ގަވައިދުތައް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށް ބާ ކައުންސިލުން ބުންޏެވެ. އެހެން ނަމަވެސް އެކަން ފުރިހަމަކުރުމަށް އަދި ވެސް މުއްދަތުތަކެއް ނަގާނެ ކަމަށް ބާ ކައުންސިލްއިން ބުންޏެވެ.

"އެހެންކަމުން މިހާތަނަށް ބާ ކައުންސިލްއިން އެކި ފަރާތްތަކަށް ހުށަހަޅާފައިވާ ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ޓަކައި ވަކި ގަވައިދެއް އެކުލަވާލައި މި މަސައްކަތް އަވަސްކަމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ޓަކައި އިދާރީ ގޮތުން ވާންޖެގޭ ތައްޔީތައް ވުމަށް ނިންމުމެވެ." ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް