އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ވާދަ ކުރަނީ

ފޮރިން މިނިސްޓަރު ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާއެކު --

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ވާދަކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމު ކަމަށެވެ.

ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގެ މަގާމަށް ގައުމެއް ހޮވަނީ އެކި ސަރަހައްދު ތަކަށް ބަހާލައިގެންނެވެ. އެގޮތުން ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހު ދެން އަންނަ ދައުރަކުއެވެ.

"ރާއްޖެއިން އޮތީ ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައި. އޮންނަނީ ގައުމަކުންް ކެންޑިޑޭޓަކު ނެރެން. ރާއްޖޭގެ ފަރާތުން އަދި ވަކި ކެންޑިޑޭޓޭއް ފައިނަލް އެއް ނުކުރޭ،" ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހަައްމަދު މިރޭ ސަން އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެންޑިޑޭޓަކު ނެރޭއިރު އިންޓަނޭޝަނަލް ޕާޓްނަރުންގެ ވޯޓު ލިބޭނެކަމުގެ ޔަގީންކަން އޮންނަ ކެންޑިޑޭޓަކު ނެރެން އިސްކަންދޭނެ ކަމަށެވެ.

ރާއްޖެއިން އެ މަގާމަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް، އެކުވެރި ގައުމުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

comment ކޮމެންޓް