ކިންގް ސަލްމާން މިސްކިތް ހުޅުވުން މަޑުޖައްސާލައިފި

ޖެނުއަރީ 6، 2020: ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ކިންގް މުހައްމަދު ބިން ސަލްމާން ދެއްވި 24.95 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި މާލޭގައި ބިނާ ކުރާ "ކިންގް ސަލްމާން މިސްކިތަކީ" ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު މިސްކިތް: ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން 2017 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ފެށި މި މިސްކިތުގައި 4،000 މީހުންނަށް ނަމާދުކުރެވޭއިރު، އޮޑިޓޯރިއަމް ފެސިލިޓީވެސް މި މިސްކިތުގައި ހުރޭ. – ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީ ސަރުކާރުގެ އެހީގައި މާލޭގެ އިރުމަތީ ފަރާތުގައި އެޅި ކިންގް ސަލްމާން މިސްކިތް ހުޅުވުން ފަސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މިސްކިތް ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ކަމަށެވެ.

މިސްކިތް ހުޅުވުން ފަސްކުރިއިރު އެ މިސްކިތުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެ މިސްކިތް އަލުން ހުޅުވާނެ ތާރީހެއް ހާމައެއް ނުކުރެ އެވެ.

ކުރިން ރާވައިފައި އޮތީ މި ރޯދަމަހަށް މިސްކިތް ހުޅުވާށެވެ.

ކިންގް ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 4000 މީހުންނަށް ނަމާދު ކުރެވެ އެވެ.

އިތުރު ފަންގިފިލާތައް ހާއްސަކުރެވިފައިވާ ގޮތް:

ތިންވަނަ ފަންގިފިލާ: 40 ޖާގައިގެ ހަތަރު ކްލާސްރޫމާއު 15 ޖާގައިގެ ފަސް ސެނިމާ ރޫމް ހިމެނޭ

ހަތަރުވަނަ ފަންގިފިލާ: ލައިބްރަރީ އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމް ހިމެނޭ

ފަސްވަނަ ފަންގިފިލާ: 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހިމެނޭ

ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއަށް ފަންޑު ލިބުމުގައި ދަތިވެގެން އެ މިސްކިތުގެ ޑިޒައިން ޕްލޭން ފަހުން ވަނީ ބަދަލުވެސްކޮށްފަ އެވެ. އެގޮތުން ކުރިން އެތަނުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުންޏެވެ.

ފަންސަވީސް މިިލިއަން ޑޮލަރުގެ އެމިސްކިތް ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.

comment ކޮމެންޓް