ރިތިކް ގެ "ސުޕަ 30" ވެސް ޗައިނާގައި ދައްކާނެ

ސުޕަ 30 ގެ ޕޯސްޓަރެއް---

ރިތިކް ރޯޝަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސުޕަ30" ޗައިނާގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޮވިޑް19 ހަމައަކަށް އެޅުމުން ޗައިނާގައި އަޅުވާ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަކަށް ރިިތިކް ގެ ސުޕަ30 ވާނެއެވެ. ރިތިކް ގެ އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ޕަތްނާއަށް އުފަން ހިސާބު ޓީޗަރެއް ކަމަށްވާ އަނާންދު ކުމާރުގެ ދިރިއުޅުމާ ބެހޭ ގޮތުން އުފައްދާފައިވާ ފިލްމުގެ އަންހެން ލީޑަކީ ބެލުންތެރިންގެ މެދުގައި މަގްބޫލުވި ޑްރާމާ "ކުމް ކުމް ބަގްޔާ"ގައި ހަރަކާތްތެރިވި މުރްނާލް ތާކޫރު އެވެ.

ސުޕަ 30ގައި ރިތިކް ފެންނާނީ "މެތް ވިޒާޑް" އާނަންދް ކުމާރުގެ ރޯލުންނެވެ. މޮހިންޖަ ދާރޯގައި ވެސް ރިތިކް ވަނީ ޓީޗަރެއްގެ ރޯލު ކުޅެފަ އެވެ. އާނަންދް ކުމާރުގެ ބަޔޯ ޕިކް ސުޕަ 30 ޑައިރެކްޓް ކުރީ މުކޭޝް ޗާބްރާ އެވެ.

comment ކޮމެންޓް