އަދިތްޔާގެ ލަވައެއް އަނެއްކާ ވެސް ރާއްޖޭގެ ރީތިކަމުގެ ތެރެއިން

ލަވައިގެ މަންޒަރެއް---

މިދިޔަ ބޮޑުއީދުގައި ފުވައްމުލަކުގައި ޝޯ ހުށައެޅި އިންޑިއާގެ ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަންގެ އާ ވީޑިއޯ ލަވަ "ލިއްލާހް" ރާއްޖޭގެ މަންޒަރުތަކާއެކު ދައްކާލިއިރު އޭނާގެ ދެވަނަ ލަވައެއް ވެސް ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއެކު ދައްކާލައިފިއެވެ.

މިފަހަރު ރިލީޒްކުރި ލަވައަކީ "މޭ ޑޫބާ ރަހޫ" އެވެ. އަދާރަން ޕްރެސްޓީޖް ވާދޫގެ ހިތްގައިމު މާހައުލުގައި އެ ލަވަ ކުޅެފައިވާއިރު އެ ލަވައިގެ ވީޑީއޯ ޑައިރެކްޓްކުރީ ގޯރަވް ސީ ބަޓެވެ. އަންކިތު ޝާހް ލަވައިގެ މިއުޒިކް ތައްޔާރުކުރި އިރު ލަވައިގެ ޅެން ހެދީ މަނޯޖް ޔާދަވް އެވެ.

އަދިތްޔާ ބުނީ ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި ލަވައަކީ އޭނާ އިންޑިއާއިން ބޭރުގައި ޝޫޓްކުރި ދެވަނަ ލަވައެވެ. އަދިތްޔާ އަންނަނީ ބޮލީވުޑްގެ ފިލްމުތަކަށް މިހާރުވެސް ލަވަކިޔަމުންނެވެ. އޭނާ އަކީ ހޯސްޓެކެވެ. ގިނަ އަަދަދެއްގެ ޝޯ ވެސް އަދިތްޔާ ވަނީ ހޯސްޓްކޮށްފައެވެ.

comment ކޮމެންޓް