އެންޒީ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ފުރަތަމަ ގުރުއަތުލުން ބާއްވައިފި

އެންޒީގެ ބައެއް އުފެއްދުންތައް -- ފޮޓޯ :އެންޒީ

އެންޒީ އިން ކުރިއަށް ގެންދާ ވަރަށް ފައްކާ ޕްރޮމޯޝަންގެ ފުރަތަމަ ގުރުއަތުލުން ބާއްވައިފިއެވެ.

ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ "އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަންގެ" މާޗުމަހުގެ ގުރުއަތުލުން ނަގައި ނަސީބުވެރިންނަށް މިހާރު އަންގާފައިވާނެ ކަމަށް އެންޒީ އިން ބުންޏެވެ.

ކޮންމެ މަހަކު ގުރުއަތު ނެގުމަށްފަހު ފައިސާގެ އިނާމުގެ ގޮތުގައި ނަސީބުވެރި ތިން ފަރާތަކަށް 10،000 ރުފިޔާ، 5،000 ރުފިޔާ އަދި 1،000 ރުފިޔާގެ ފައިސާގެ އިނާމު ދެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެންޒީ މަސްދަޅުގެ ލޭބަލް ދަޅުން ނައްޓާލާ، ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 ކަށް މެސެޖު ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެސްއެމްއެސް ކުރާ ހުރިހާ ފަރާތްތަކުގެ މެދުގައި ގްރޭންޑް ލަކީޑްރޯ އެއް ބާއްވާ ނަސީބުވެރި ތުން ފަރާތެއް ހޮވާނެއެވެ. ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ އާއި 50،000 ރުފިޔާ އަދި 30،000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެއެވެ.

ކޮރޯނާ އާއެކު އިގްތިސޯދަށް ހީނަރުކަން އައިސްފައިވާ މި ދަނޑިވަޅުގައި އެންޒީ އިން ވަނީ އެ ކުންފުނިން ވިއްކާ މަސްދަޅުގެ އަގު ހެޔޮކޮށްފައެވެ. ކުރިއަށް އޮތް ރޯދަ މަހާވެސް ގުޅުވައިގެން ގެނައި މި ބަދަލާއެކު އެންޒީގެ ތެޔޮ މަސްދަޅެއް 12 ރުފިޔާ އަށް އަދި ފެންމަސްދަޅެއް 11.50 ރުފިޔާ އަށް ލިބޭނެއެވެ. ކޭހުން ގަންނަ ނަމަ، ތެޔޮ މަސްދަޅު ކޭހެއް 555 ރުފިޔާ އަށް އަދި ފެން މަސް ކޭހެއް 530 ރުފިޔާ އަށް ލިބޭނެއެވެ.

އެންޒީ އިން ދަނީ ދަޅުމަސްކޭސް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ދެމުންނެވެ. އެގޮތުން މާލޭގެ ކަސްޓަމަރެއްނަމަ 7248899 އަށް އަދި ހުޅުމާލޭން ނަމަ 7258899 އަށް ގުޅައިގެން ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު އޯޑަރު ދިނުމުން ޑެލިވާ ކޮށްދޭނެއެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ އިތުރު މައުލޫމާތު އެންޒީގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

comment ކޮމެންޓް