އެންދަމަން ފީނި މީހަކު ހާލުބޮޑުވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

އެމްއެންޑީއެފްގެ އުނޅަދެއް: ގދ. ތިނަދޫއާ 24 ނޯޓިކަލް މޭލު ބޭރުން އެންދަމަން ފީނި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ---

ގދ. ތިނަދުއާ 24 ނޯޓިކަލް މޭލު ބޭރުން އެންދަމަން ފީނި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ. ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:13 އެހައިކަންހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނަށް ކަމަށެވެ. ހާލު ސީރިއަސް ވެފައިވަނީ ''ކަޅިރަވަ' ނަމަކަށް ކިޔާ ދޯންޏެއްގެ 42 އަހަރުގެ ދިވެހި ފަޅުވެރިއެކެވެ.

އެ މީހާގެ ހާލު ސީރިއަސް ވެފައިވަނީ، 43 މީޓަރު އަޑިއަށް 10 މިނެޓް ވަންދެން ފުޅިއަޅައިގެން ފީނުމަށްފަހު މައްޗަށް އެރިފަހުން ނޭވާލާން އުނދަގޫ ވުމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ރިޕޯޓް ލިބުމާއެކު މެޑިކަލް ސްކޮޑަކާއެކު ތިނަދޫ، ސީއެމްބިއުލާންސް ވަގުތުން ހަރަކާތްތެރިވާން ފަށައި މިރޭ 11:27 އެހައިކަންހާއިރު ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް