ހޯމަ ބުރާސްފަތީގައި ސްޓެލްކޯއިން ހިދުމަތް ދޭނެ

ސްޓެލްކޯ--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރު ބަންދު ދުވަސްތަކުގައި ސްޓެލްކޯގެ ހިދުމަތް ދޭނެ ދުވަސްތައް ކަނޑައަޅައިފިއެވެ.

ސްޓެލްކޯ އިން ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮންނަ ދުވަސްތަކުގައި އެ ކުންފުންޏާ ގުޅުންހުރި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މާލެ އާއި އަތޮޅުތެރޭގެ އިންޖީނުގެތަކުގެ ހިދުމަތްދޭ ކައުންޓަރުތައް، މާދަމާ އިން ފެށިގެން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު ދޭކަށް ހުޅުވާނެ ކަމަށެވެ.

މިވަގުތު ތަކުގައި ސްޓެލްކޯ ސޭލްސް ސެންޓަރުވެސް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ ގޭގައި ތިބެގެން އެކުންފުނީގެ ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި ފައިސާ ދެއްކެވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ.. އެގޮތުން، ބޭނުންވާ ހިދުމަތްތަކަށް އެދި ފޯމު ހުށަހަޅަންޖެހޭނީ [email protected]އަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ ސޭލްސް ސެންޓަރު މެދުވެރިކޮށް، ކަރަންޓާއި ގުޅުން ހުރި މުދާ ވިއްކުމާއި، ދޫކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައވާ ކަމަށާއި މި ހިދުމަތްތައް ބޭނުންވާނަމަ ސޭލްސް ސެންޓަރުގެ ފޯން ނަންބަރު 9110888 އާ ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން އެދެއެވެ.

މި ހާއްސަ ހާލަތުގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި، މިވަގުތަށް ކޮންމެހެން ބޭނުން ނުވާ ހިދުމަތްތައް ލަސްކޮށްލުމަށް ސްޓެލްކޯ އިން އެދެއެވެ. އަދި ބިލަށް ފައިސާ ދެއްކުމަށް އެ ކުންފުނީގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރުމަށްވެސް ސްޓެލްކޯ އިން އެދެއެވެ.

comment ކޮމެންޓް