ކަސްޓަމްސްގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ސީޖީއާ ހަވާލުކޮށްފި

ކަސްޓަމްސްގެ ހިންގުން ހަވާލުކުރެއްވި ޝަރީފް (ވ) މަރުހޫމް ނުއުމާން އަރިހު ---

މޯލްޑިވްސް ކަސްޓަމްސްގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާ ހަވާލުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ ކޮމިޝަނާ ޖެނެރަލް އެއް އައްޔަނު ކުރެވެންދެން އެ މުވައްސަސާގެެ ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އާ ހަވާލު ކޮށްފައިވާކަމަށެވެ.

އެ މުވައްސަސާގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރާ ހަވާލުކުރީ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން މިމަހުގެ ހަތްވަނަ ދުވަހު އަވަހާރަ ވުމާ ގުޅިގެންނެވެ.

ނުއުމާން އަވަހާރަވީ ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެން ހުންނަވަނިކޮށެވެ.

ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ.

comment ކޮމެންޓް