ހާއްސަ އެހީގެ ކުދިންނަށް ކިޔަވައިދޭން ޕްރޮގްރާމްތަކެއް

އޭޕްރީލް 9، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތް ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ ގޮތްތަކާ ގުޅޭ ގައިޑްލައިން މިހާރު ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށެވެ.

އެ ގަޑިޑްލަތަކާ އެއްގޮތަށ ސްކޫލްތަކުން ބެލެނިވެރިންނާއެކު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްތަކުގައި ފަސް ކަމަކަށް އިސްކަންދީފައިވާކަމަށެވެ. އޭގެ ތެރޭގައި ސެންސަރީ އެކްޓިވިޓީސްތަކާއި، ކިޔުމާއި ހިސާބު ނަންބަރުތަކާ ބެހޭ އެކްޓިވިޓީސްތަކާއި ގްރޮސް އަދި ފައިން މޯޓާ އެކްޓިވިޓީސްގެ އިތުރުން ކުދިންގެ އުޅުމަށް ބަދަލުގެނައުމަށް ތަފާތު އެކްޓިވިޓީސްތައް ހިމެނެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ޕީއެސްއެމްގެ ޔޭސްޓީވީއިން ޓެލިކްލާސްތަކެއްވެސް ހަފްތާއަކު ދެ ދުވަހު ގެނެސްދޭނެއެވެ. އެ ފިލާވަޅުތަކަށް ހާއްސަކޮށް އެކްޓިވިޓީ ޕެކްތަކެއްވެސް މިހާރު ދަރިވަރުންނަށް ފޮނުވާފަިއވާ ކަމަށާއި އަދި އެ ޕްރޮގްރާމްތައް މެދުވެރިކޮށް ބެލެނިވެރިންނަށް ދަރިވަރުންނަށް އެކި އެކްޓިވީޓީތައް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިންވެސް ބޮޑަށް އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ ތަކެތި ޔުނިސެފް މެދުވެރިކޮށް ހޯދައިދިނުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ސެންކްލާސްތަކުގެ ނަމުގައި ކްލާސްތަކެއް ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކުގައި ކުރިއަށްގެންދެއެ ވެ. ނަމަވެސް ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފައިވާތީ އެ ކްލާސްތައްވެސް މިހާރު އޮތީ މެދުކެނޑިފައެވެ.

comment ކޮމެންޓް