ދޮގު ހެދިކަން ސާބިތުވެއްޖެ ނަމަ އެމްބާ ޖަލަށް

އެމްބާ ހާޑް، އަކުއާމޭން ފިލްމުގައި ---

މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް އާއި މަޝްހޫރު އެކްޓްރެސް އެމްބާ ހާޑްގެ ވަރީގެ ވާހަކައަކީ އޭގައި ތަފާތު އެތައް ކަންތައް ގަނޑެއް ހިނގައި ތުހުމަތުތަކާއެކު ކޯޓަށް ގޮސްފައިވާ ވާހަކައެކެވެ. މިފަހަރު އާ ވާހަކައެވެ. އެއީ އެމްބާ ހާޑް އަށް ޖަލު ހުކުމެއް އައިސްދާނެ ކަމުގެ ބިރު އުފެދުމެވެ.

އެމްބާ އާއި ޖޮނީގެ 18 މަހުގެ ކައިވެނި ރޫޅި މައްސަލަ ފެންމަތިވެފައިވަނީ އެމްބާ، އޭނާ އޭރުގެ ފިރިމީހާ ގޮވައިގެން ކޯޓަށް ދިޔުމުންނެވެ. އަދި އެމްބާ ވަނީ ޖޮނީ ޑެޕް އާ ގުޅޭގޮތުން ތަފާތު ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އޭނާ، އެމްބާއަށް އެކި ކަހަލަ އަނިޔާތައް ކޮށްފައިވާ ކަމަށް ބުނެ އެމްބާ ދައުވާ ކުރިއެވެ.

ދައުވާތަކާއެކު، ޑެޕް އެތައް އަހަރުތަކެއް ކުޅެމުން ގެންގޮސްފައިވައިވާ ގިނަ ރޯލުތަކެއް އޭނާ އަތުން ގެއްލިގެން ދިޔައެވެ. އެތައް މަހެއް ވަންދެއް ޑެޕް ހަނު ހުރުމަށްފަހު އާންމުކޮށްފައިވަނީ އެމްބާ ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއާއެކު އެކަން ސާބިތުކޮށްދިނުމަށް އެތައް ހެއްކެއްވެސް ޑެޕް އާންމުކުރިއެވެ.

ޑެޕް އާންމުކުރި ހެކިތަކުން އެނގޭ ގޮތުގައި ޑެޕް އަށް ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާވެރިވެފައިވަނީ ހާޑް ކަން އެނގުނެވެ. އެންމެފަހުން ޑެޕްގެ އަބުރާ ބެހުނު ކަމަަށްބުރެ ޑިފެމޭޝަންގެ ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ވާހަކަ ދެކެވޭގޮތުގައި އެމްބާ ހާޑް ހަދާފައިވަނީ ދޮގު ވާހަކަތަކެއް ވެއްޖެ ނަމަ އޭނާއަށް ޖަލު ހުކުމެއް އައިސްދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ކެލިފޯނިއާ ޕީނަލް ކޯޑުގެ 141 ވަނަ މާއްދާގައި ބުނާގޮތުން ކަމެއްގެ މައުލޫމާތަށް ބަދަލު ގެނެސް ނުވަތަ ދޮގު މައުލޫމާތެއް ބޭނުންކޮށް ދައުވާއެއް ކުރާނަމަ އޭގެ ސަބަބުން އެމީހަކާ ދެކޮޅަށް ހުކުމް ކުރެވޭނެއެވެ. އެގޮތުން އެމީހެއްގެ މައްޗަށް ތިން އަހަރު ދުވަހާ ހަމައަށް ޖަލު ހުކުމެއް އިއްވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް