ފުވައްމުލަކު ރިންގް ރޯޑުގެ 87 ޕަސެންޓު މަސައްކަތް ނިމިއްޖެ

ފުވައްމުލަކު ރިންގް ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު-- ފޮޓޯ/އެމްޓީސީސީ

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފުވައްމުލައް ސިޓީގެ ނައިބު ތުއްތު ހިނގުން (ރިންގް ރޯޑް) ހެދުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ފުވައްމުލަކު ރިންގް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމޭއިރު ފުވައްމުލަކު ރިންގް ރޯޑުގެ 20،650 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ތަރައްގީ ކުރެވޭނެ ކަމަށެވެ.

މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދާ މަސައްކަތަކީ މަގުގެ ދެ ފަރާތުގައި 10،325 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް އެޅުމުގެ މަސައްކަތެވެ.

ފުވައްމުލަކު ރިންގް ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން-- ފޮޓޯ/އެމްޓީސީސީ

މި އަހަރުގެ އޮގަސްޓް މަހު މި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ރިންގް ރޯޑުގައި ތާރު އެޅުމުގެ އިތުރުން ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

comment ކޮމެންޓް