ހިތާމައިގައި ކަސްޓަމްސްގެ މައި އޮފީސް މިއަދު ބަންދުވާނެ

ކަސްޓަމަސް އިމާރާތް -- ސަންފައިލް ފޮޓޯ

ކަސްޓަމްސްގެ ވެރިޔާ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި މިއަދު ކަސްޓަމްސްގެ މައި އޮފީސް ބަންދުވާނެ ކަމަށް ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަހަށް ކަސްޓަމްސްގެ ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.

ނުއުމާން އަވަހާރަވީ އާލާސްކަންފުޅެއްގައި އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ އިރާކޮޅު އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި އިންނަވާ ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ޗެއާކަންވެސް ކުރެއްވި ބޭފުޅެކެވެ.

ނުއުމާން ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.

comment ކޮމެންޓް