ބަސް ދަތުރުގެ ޝެޑިއުލްއަށް އަނެއްކާވެސް ބަދަލުގެނެސްފި

އެމްޕީއެލްގެ ބަހެއް--ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދެމުންގެންދާ ބަސް ދަތުރުގެ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ.

ކޮވިޑް19 އާ ގުޅިގެން މިހާރު ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް ކާފިއު ގަޑި ވަނީ ކަނޑައަޅާފައެެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން މިރޭ ކުރި ޓުވީޓެއްގައި ވަނީ ބަސްދަތުރުތަކުގެ ބަދަލުތައް ގެނައިކަމަށް ބުނެފައެވެ. އަދި އެގޮތަށް ބަދަލު ގެނައީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެންކަމަށްވެސް ބުންޏެވެ.

ކާފިއު އިއުލާންކުރަން ފުރަތަމަ ފެށި ދުވަސްވަރުވެސް ބަސް ދަތުރުތަކަށް ބަދަލު ގެނައެވެ. އޭރު ހަވީރު ހަތަރަކަށް އެންމެ ފަހުގެ ބަސްތައް ދަތުރުކުރިއިރު ރޭގަނޑު 11 ޖަހަންދެން ހިދުމަތް ދިނެވެެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު ދެން ބަހުގެ ހިދުމަތް ދޭނީ މެންދުރު 15:45 ވަން ދެނެވެ. އަދި ރޭގަނޑު 10 ޖަހަންދެނެވެ.

މެންދުރު ފަހުން ހަވީރު ވަންދެން ބަހުގެ ހިދުމަތް ދެނީ ކޮންމެ ގަޑިއިރަކުން ކަމަށްވާތީ ބަހުގެ ހިދުމަތް ހޯދަން ގިނަ ބަޔަކު ތޮއްޖެހިފައި ތިބެއެވެ. ނަަމަވެސް ހިދުމަތްދޭ ބަސްތައް އިތުރެއް ނުކުރެއެވެ.

ކޮރޯނާއާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިއީ ތިން ވަނަ ހަފްތާއެެވެ.

ގުޅޭ ޓެގު
comment ކޮމެންޓް