ރާއްޖޭގައި ތިބި މެލޭޝިއާގެ 30 މީހަކު މޯލްޑިވިއަންގެ ފްލައިޓްގައި ގެންގޮސްދީފި

މޯލްޑިވިއަންގެ ބޯޓެއް -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ރާއްޖޭގައި މިވަގުތު ތިބި މެލޭޝިއާގެ 30 މީހަކު މޯލްޑިވިއަންގެ ފްލައިޓްގައި އެމީހުންގެ ގައުމަށް ގެންގޮސްދީފިއެވެ.

އެ މީހުން އެގައުމަށް ގެންގޮސްދީފައިވަނީ މިއަދުއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާ ގުޅިގެން މިހާރު މުޅި މެލޭޝިއާ މިހާރު އޮތީ ލޮކްޑައުންގައެވެ. އަދި މެލޭޝިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އޮތީ ހުއްޓާ ލައިފައެވެ.

ކޮވިޑްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަންގެ ޕީއާރު އެންޑް މާކެޓިން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަންއިން މެލޭޝިއާއަށް ކުރާ ދަތުރުގައި މިރޭ ފަތިހު 200 ދިވެހިން ގެނައުމަށް ފްލައިޓެއް ވަނީ ތާވަލްކޮށްފައެވެ.

މެލޭޝިއާގަިއ ތިބޭ ދިވެހި އައިލާތަކަށް ކެއާ ޕެކޭޖްތައް ގެންދިއުމިުގެ ފުރުސަތުވެސް މޯލްޑިވިއަންއިން ވަނީ ދީފައެވެ. އެގޮތުން ހަތް ޓަނުގެ ކެެއާ ޕެކޭޖް ވަނީ އެގައުމަށް ގެންގޮސްފައެވެ.

މޯލްޑިވިއަންއިން މިމަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހީން ގެނައުމަށްވެސް ފްލައިޓެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

މިދުވަސްވަރު ރާއްޖެއިން ބޭރަށް މޯލްޑިވިއަންއިން ކުރާ ދަތުރުތަކުގައި ފަސެންޖަރުންގެ އަތުން ނަގާ ފީ ރިވައިޒްކުުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް