ގެއްލިގެން ހޯދަމުން ދިޔަ މީހަކު ވައިގޮޅި ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާއިން މާލެތެރެ ފެންނަ ގޮތް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ވައިގޮޅިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެނާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މިރޭ 10:17 ގައެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއަކުން މިއަދު ހެނދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ، 37 އަހަރުގެ ދިވެހި ފެރިހެނަކު ގެއްލިގެން ރިޕޯޓު ކުރި ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން އެ މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ގޭގެ ވައިގޮޅި ތެރެއަށް ވެޓިފައިވާ މިރޭ 10:36 އެހާކަށްހާއިރު، ފުލުހުންނަށް ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނީ، އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

comment ކޮމެންޓް