އެސްއެމްއެސް އަކުން ގޭހަށް އޯޑަރު ކުރެވޭ ގޮތް މޯލްޑިވް ގޭސްއިން ހަދައިފި

މޯލްޑިވް ގޭސް ---

މޯލްޑިވް ގޭސްއިން އަލަށް ތައާރަފު ކުރި "ޓެކްސްޓް އެންޑް އޯޑަރ" ހިދުމަތުގެ ގެ ދަށުން އެސްއެމްއެސް ކޮށްލައިގެން ގޭސް ފުޅިއަށް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މީގެ ކުރިން މޯލްޑިވް ގޭސްއިން ގޭގޭގެ ގޭސް އޯޑަރު ނަގަމުން ދިޔައީ އޮފިޝަލް ވެބްސައިޓުންނާއި ކޯލް ސެންޓަރު މެދުވެރިކޮށެވެ. އެކަމަކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާ އެކު އާއްމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ދިނުމުގެ ގޮތުން އެ ކުންފުނިން މިއަދު ވަނީ އެސްއެމްއެސްއެއް ކޮށްލައިގެން ވެސް ގެއަށް ގޭހުގެ އޯޑަރު ކުރެވޭ ގޮތް ހަދައިފަ އެވެ.

އެސްއެމްއެސްގެ ޒަރިއްޔާއިން އޯޑަރު ނަގަން ފެށުމާ ގުޅިގެން އިންޓަނެޓް ނެތް ފަރާތްތަކަށާއި، ވަގުތާއި ހާލަތުގެ ގޮތުން ގުޅެން ނެތް ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ކަމަށް މޯލްޑިވް ގޭސްގެ މާކެޓިންގް މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވިއެވެ.

"މިދުވަސްކޮޅާ ގުޅުވައިގެން އަޅުގަނޑުމެންގެ ސްޓާފުންނަށް ވެސް އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ވީހާވެސް ފަސޭހައިން ގޭހުގެ އޯޑަރުތައް ނެގުމާއި ރައްދުކޮށްދިނުމުގެ ގޮތުން މުޅިން އަލަށް ފެށި ކަމެއް މިއީ" މޯލްޑިވް ގޭސްގެ މާކެޓިންގް މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ގޭސް އޯޑަރު ކުރެއްވުމަށްޓަކައި ކަސްޓަމަރު ކޯޑާއި، އައިޑީކާޑުގެ ނަންބަރު އަދި ބޭނުންވާ އައިޓަމުގެ ނަންބަރު 7201616 އަށް އެސްއެމްއެސް ކޮށްލުމުން ގެއަަށް އެ އައިޓަމް ޑެލިވަރީ ކޮށްދޭނެ ކަމަށް މޯލްޑިވްސް ގޭހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް