"އަނގްރޭޒީ މީޑިއަމް" އޮންލައިންކޮށް ރިލީޒްކޮށްފި

އަނގްރޭޒީ މީޑިއަމްގެ ޕޯސްޓަރެއް---

ސިނަމާތައް ބަންދުކުރުމާ ގުޅިގެން މިދިޔަ މަހުގެ 12 ގައި ސިނަމާތަކުގައި އެޅުވި "އަނގްރޭޒީ މީޑިއަމް" ވަނީ ސިނަމާތަކުން ނަގާފައެވެ.

އޭރު ޕްރޮޑަކްޝަން ޓީމުން ބުނީ ފިލްމު އަދި ސްކްރީނުގައި ދައްކާނެކަމަށެވެ. ނަމަވެސް މިހާރު އެ ފިލްމު ވަނީ އޮންލައިންކޮށް ރިލޯޒްކޮށްފައެވެ.

ފިލްމުގެ ލީޑު ތަރި އިރްފާން ޚާން މިދިޔަ އާދިއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ "އަނގްރޭޒީ މީޑިއަމް" މިހާރު އޮންލައިންކޮށް ބަލައިލެވޭނެ ކަމަށާއި ފިލްމު އޮންލައިންކޮށް ރިލީޒްކޮށްފައިވާކަމަށެވެ. އަދި މި ފިލްމު ބެލޭނީ ޑިޒްނީ ޕްލަސް އިންނާއި ހޮޓްސްޓާ.ކޮމް އިން ކަަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެ ފިލްމުގެ ޑައިރެކްޓަރަކީ ހޯމީ އަޑަޖާނިއާ އެވެ.

ފިލްމު "އަނގްރޭޒީ މީޑިއަމް"ގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާއާއި އިނގިރޭސިވިލާތުގައެވެ. އެ ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރު، ރަންވީރު ޝޯރޭ އަދި ރާދިލާ މަދަންއެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނީ އަނގްރޭޒީ މީޑިއަމް އަށް ފަހު "ޗައިނީޒް މީޑިއަމް" ވެސް ހަދާނެ ކަމަށެވެ. އެއީ މި ފްރެންޗައިޒްގެ ތިންވަނަ ފިލްމަށް ކިޔާ ނަމެވެ.

comment ކޮމެންޓް