ކަނިކާ ހޮސްޕިޓަލުން ދޫކޮށްލައިފި

ކަނިކާ ކަޕޫރު---

ރީތި ލަވަތަކެއް އާންމުންނަށް ގެނެސްދީފައިވާ އިންޑިއާގެ ކާމިޔާބު ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު 41، ހަވަނަ ޓެސްޓުން ކޮރޯނާއަށް ނެގަޓިވްވުމުން އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ކަނިކާ ކޮރޯނާއަށް ޕޮޒިޓިވްވެފައިވާކަން މީޑިއާތަކަށް ތިލަވީ މިދިޔަ މަހު މެދެއްހާ ހިސާބުގަ އެވެ. ކަނިކާއަށް ފަރުވާ ދިނުމަށް ފަހު އެކި ފަހަރު މަތިން ޓެސްޓްކުރި ނަމަވެސް އޭނާ އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

އާދިއްތަ ދުވަހު ކަނިކާ ފަސް ވަނަ ޓެސްޓެއް ކުރިއިރު އެ ޓެސްޓުން އޭނާ ވަނީ ކޮރޯނާއަށް ނެގަޓިވްވެފައެވެ. ނަމަވެސް އޭރު ހޮސްޕިޓަލުން ދޫނުކުރާނެކަމަށެވެ.

އިއްޔެ އޭނާގެ ހަވަނަ ޓެސްޓުގެ ނަތީޖާ ލިބުނުއިރު ނެގަޓިވްވުމުން މިހާރު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. ކަނިކާއަށް ފަރުވާދިނީ ލަކްނައު ހޮސްޕިޓަލަކުންނެވެ.

ލަވަކިޔުންތެރިޔާ ކަނިކާ ވަނީ ގިނަ އަދަދެއްގެ ލަވަތަކެއް ކިޔާފައެވެ. އޭގެ ތެރޭގައި "ބޭބީޑޯލް"، "ކަމްލީ" އަދި "ދޭސީ ލުކް" ހިމެނެ އެވެ.

comment ކޮމެންޓް