ލަވަކިޔުންތެރިޔާ ކްރިސްޓޮފާ ކްރޯސް ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ

ކްރިސްޓޮފާ ކްރޯސް---

ފަސް ފަހަރެއްގެ މަތިން ގްރޭމީ އެވޯޑް ހާސިލްކޮށްފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސްޓޮފާ ކްރޯސް 68، ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ އެވެ.

ކްރިސްޓޮފާ ކޮރޯނާއަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައި ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގަ އެވެ. އޭނާ އެފްބީގައި ލިޔުނު ސްޓޭޓަސްގައި ބުނީ މެޑިކަލް މައްސަލަތައް ސޯޝަލް މީޑީއާގައި ހިއްސާނުކުރާނެ ކަމަށާއި ނަމަވެސް ކޮރޯނާއަށް ޕޮޒިޓިވްވި ކަން މި ހާމަކުރީ ބަލީގެ ސީރިއަސްކަން މީހުންނަށް އަންގައި ދިނުމަށް ކަމަށެވެ. އަދި މި ބައްޔަކީ އޭޏާއަށް ޖެހުނު އެންމެ ނުރައްކާތެރި ވޭންހުރި ބަލިކަމަށް ވެސް އޭނާ ވަނީ އެ ސްޓޭޓަސްގައި ބުނެފަ އެވެ.

އޭނާ ބުނީ ކޮވިޑް19 އަކީ ހަގީގަތެއްކަން ގަބޫލުނުކުރާ ގިނަ މީހުން އަދި ވެސް އެބަތިބި ކަމަށާއި މި ބައްޔަކީ އަސްލު ވެސް ވަރަށް ސީރިއަސް ބައްޔެއް ކަމަށެވެ. އަދި އޭނާ ވަނީ ގޭގައި ތިބުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ކްރިސްޓޮފާ ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ކިޔާދީފަ އެވެ.

ކޮވިޑް19 އެންމެ ފުރަތަމަ ފެނިފައި ވަނީ މިދިޔަ އަހަރު ޗައިނާގެ ވޫހާން ސިޓީއިންނެވެ. އެ ބަލި ޖެހިގެން ޖުމްލަ 60،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް