ކޭޓީ ޕެރީ އަށް ލިބެނީ އަންހެން ކުއްޖެއް

ކޭޓީ އާއި އޭނާގެ ލޯބިވެރިޔާ އޯލަންޑޯ---

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން މިދިޔަ މަހު ވަނީ ހާމަކޮށްފައެވެ.

ކޭޓީ ޕެރީގެ އާ ވީޑީއޯ ލަވަ "ނެވާ ވޯން ވައިޓް" ލަވައިން އޭނާ ބަނޑުބޮޑުކަން ހާމަކުރިއިރު މިހާރު މިވަނީ ދަރިފުޅުގެ ޖިންސު ވެސް އާންމުކޮށްފައެވެ. އިންސްޓަގްރާމްގައި ކޭޓީ ޕެރީ ހިއްސާކުރި ފޮޓޯއެއްގެ ކެޕްޝަނުގައި ޖަހާފައިވަނީ "އިޓްސް އަ ގާލް" މިހެންނެވެ. ފޮޓޯއިން ފެނިގެންދަނީ އޭނާގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި އޯލަންޑޯ ބްލޫމް ގެ މޫނުމަތީގައި ފިޔާތޮށި ކުލައިގެ އައިސިން ހާކާފައިވާތަނެވެ.

ކޭޓީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އުންމީދަކީ އަންހެން ކުއްޖެއް ލިބުން ކަމަށެވެ. މި އަހަރުގެ ހޫނުމޫސުމުގައި ދެތަރިން ކައިވެނިކުރަން ރޭވި ނަމަވެސް ކޮވިޑް19 ގެ ސަބަބުން ކައިވެނި ވަނީ އަނެއްކާވެސް ފަސްކޮށްފައެވެ.

އެދެތަރިން މީގެ ކުރިން ވަނީ ކައިވެނިކުރާނެކަން އިއުލާންކުރުމަށްފަހު ކައިވެނި ކުރަން ބޭނުންވާތަން، ކައިވެނިކުރަން ރާވާފައިވާ ތާރީހަށް ނުލިބުމުން ކައިވެނި ފަސްކޮށްފައެވެ.

ކޭޓީ ޕެރީ އާ އޭނާގެ ލޯބިވެރިޔާ އޯލަންޑޯ ބްލޫމް އެންގޭޖްވީ މިދިޔަ އަހަރުގެ ލޯބިވެރިންގެ ދުވަހުއެވެ.

އުމުރުން 35 އަހަރުގެ ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި އޭނާގެ ލޯބިވެރިޔާ އޯލަންޑޯ ބްލޫމް 43، ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ އަނެއް އަހަރު ރުޅިވި ނަމަވެސް ރުޅިވިތާ 10 މަސްތެރޭ ދެތަރިން ވަނީ އަލުން ގުޅިފައެވެ.

ކޭޓީ ކުރިން އިނދެގެން އުޅުނީ ކޮމީޑިއަން ރުސެލް ބްރޭންޑް އާ އެވެ. އެދެމީހުން ކައިވެނިކުރީ 2010 ވަނަ އަހަރުއެވެ. އަދި ކައިވެނި ރޫޅުނީ 2012 ވަނަ އަހަރުގައެވެ. އޯލަންޑް ކުރިން މިރަންޑާއާ އިން އިރު އެދެމީހުންނަށް ވަނީ 2011 ވަނަ އަހަރު ފިރިހެން ދަރިއަކުވެސް ލިބިފަ އެވެ. އެދެމީހުންގެ ކައިވެނި ރޫޅުނީ 2013 ވަނަ އަހަރުގައެވެ.

comment ކޮމެންޓް