އެލާޓު ލެެވެލްތަކުގައި އަމަލު ކުރަންވީ ގޮތް ކޯޓުތަކަށް އެންގި ސާކިއުލާގައި މައްސަލައެއް ނެތް: ޖޭއެސްސީ

ޖޫން 20، 2019: ޖޭއެސްސީގެ ބައެއް މެމްބަރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ގައުމީ ފެންވަރުގައި ނެރޭ އެކި އެލާޓު ލެވެލްތަކުގައި ކޯޓުތަކުން އަމަލު ކުރަންވީ ގޮތް އަންގައި ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއިން ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އަސަަރެއް ފޯރާނެ ކަމަށް ނުފެންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

މިއަދު ޖޭއެސްސީއިން ނެރުނު ނޫސްބަޔާނުގައި ބުނީ ސުޕްރީމް ކޯޓުން އެކުލަވާލި ކޮވިޑް-19ގެ ހާލަތުގައި އެކި އެލާޓު ލެވެލްތަކުގައި ކޯޓުތަކުން އަމަލު ކުރާނެ ގޮތުގެ ސާކިއުލާއާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ފާހަގަކުރެވިފައިވާތީ މިއަދުގެ ޖަލްސާގައި ކޮމިޝަނުގެ މެމްބަރުންގެ މެދުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަކީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ނެރެފަައިވާ އިރުޝާދުތަކެއް ކަމަށާާއި އެ އިރުޝާދުތައް ދިނުމުގެ ސަބަބުން އެއްވެސް ފަނޑިޔާރެއްގެ އަދި ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް އަސަރެއް ފޯރާނެ ކަމަށް ކޮމިޝަނުގެ މެމްބަރުންނަށް ނުފެންނަ ކަމަށް މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ނޫސްބަޔާނުގައި ބުންޏެވެ.

އެކި އެލާޓު ލެވެލްތަކުގައި ކޯޓުތަކުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދުދީ ސުޕްރީމް ކޯޓުން ސާކިއުލާ ނެރުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އެ ސާކިއުލާގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތްހާ ހިނދަކު ކޯޓުތަކުން އަމަލު ކުރަންވީ ބައެއް ގޮތްތަކުގެ އިރުޝާދުތައްވެސް ދީފައެވެ.

އެކި އެލާޓު ލެވެލްތަކުގައި ކޯޓުތަކުން އަމަލު ކުރަންވީ ގޮތް އަންގައިފި

comment ކޮމެންޓް