ލަވަކިޔުންތެރިޔާ ޕިންކް ކޮރޯނާއިން ސަލާމަތްވެއްޖެ

ލަވަކިޔުންތެރިޔާ ޕިންކް---

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލީޝިއާ ބެތު މޫރ (ޕިންކް) 40، ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ އެ ބަލިން މިހާރު ސަލާމަތްވެއްޖެކަމަށް އޭނާ ބުނެފިއެވެ.

ޕިންކް ބުނީ އޭނާއާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ކޮރޯނާވައިރަހުގެ އަލާމާތްތަށް މީގެ ދެ ހަފްތާއެއް ކުރިން ފެންނަން ފެށި ކަމަށާއި އެ ބައްޔަށް ޓެސްޓްކުރުމުން ޕޮޒިޓިވްވި ކަމަށެވެ.

އޭނާ ބުނީ ބައްޔަށް ޕޮޒިޓިވްވުމާއެކު ޑަކްޓަރުންގެ އިރުޝާދުތައް ވަރަށް ރަނގަޅަށް އަޑުއަހައި އެކަމަށް ފޮލޯކުރިކަމަށާއި އޭގެ ދުވަސްކޮޅެއް ފަހުން ބައްޔަށް އަލުން ޓެސްޓްކުރުމުނ ނެގަޓިވްކަމަށް ދެއްކި ކަމަށެވެ. ޕިންކް ބުނީ މި ބައްޔަކީ ވަރަށް ސީރިއަސް ބައްޔެއް ކަމަށާއި މި ބަލި ސީރިއަސްކޮށް މީހުން ނަގަންޖެހޭ ކަމަށެވެ. އަދި ސިއްހީ މާހިރުންގެ ލަފައާއެކު ގޭގައި މަޑުކޮށްގެން ތިބުމަށްވެސް އޭނާ އެދިފައިވެއެވެ.

ޕިންކް ވަނީ ކޮރޯނާއާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާގެ ޓެމްޕަލް ޔުނިވާސިޓީ ހޮސްޕިޓަލް އެމެޖެންސީ ފަންޑަށް ފަސް ލައްކަ ޑޮލަރު ހަދިޔާކޮށްފައެވެ. އޭނާ އެ ފައިސާ ހަދިޔާކުރީ ސިއްހީ ދާއިރާގައި 18 އަހަރު ދުވަހު ހިދުމަތްކުރި އޭނާގެ މަންމަ ޖޫޑީ މޫރގެ ނަމުގައެވެ.

comment ކޮމެންޓް