ބާރު ސައިކަލް ދުއްވި މީހަކު ހައްޔަރުކޮށްފި

މާލޭގެ މަގުމަތި -- ސަންފޮޓޯ/ ފަޔާޒު މޫސާ

އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވި މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މާލޭގެ މަގުތަކުގައި ދުއްވާ މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން ބުނީ މިއަދު 6:12 ހާއިރު މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަމީނީ މަގު ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރިން ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަސް ހާޒިރު ކުރުމުން 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް