އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

ހަފްތާއެއްހާ ދުވަސް ވޭތުވެގެން ދިޔައިރުވެސް އާލިއާ ހުންނަން ޖެހުނީ އެކޮޓަރީގައި ބަންދުވެގެންނެވެ. އޭނަގެ ފޯނުވެސް އެމީހުން ގެންގޮސްފައިވާތީ އެހެން މީހަކާއި ވާހަކަދައްކާލެވޭކަށްވެސް ނެތެވެ. ޖަލެކޭ ތަފާތެއް ނެތެވެ. ފެންވެރިޔަސް ހެދުން ބަދަލުކުރެވޭކަށް ނެތެވެ. ނަސީބަކުން އޭސީކޮށްފައިވާ ކޮޓަރިއެއްކަމުން ހެދުން ދާ ނުވެ ހިފަހައްޓާލެވިއްޖެއެވެ. މާޒިން ނޫނީ އެ މައިކްއޭ ކިޔާ ފިރިހެނާ ނުފެންނަކަމީ ނަސީބެކެވެ. އޭނަ އޮތީ އެދެމީހުންނަށް ނަމެއްވެސް ހަދާފައެވެ. ޑެވިލްއާއި މޮންސްޓާއެވެ. ނަމަވެސް މިހެން ބަންދުކޮށްފައި ހުރުމަކީވެސް ވޭނެކެވެ. އޭނަގެ ކަމަކީ ނަމާދުކޮށްގެން ގުރުއާނުން ހިތުދަސްވެފައިވާ ތަންތަން ކިޔެވުމެވެ. ޒިކުރުކުރުމެވެ.

އިރުއޮއްސެން އުޅެނިކޮށް ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ. ނުހުޅުވަން އިންދާ ތަޅުދަނޑި ޖެހި އަޑު އިވުމުން ފުންމައިގެން ތެދުވެވިއްޖެއެވެ. ކުރިމަތީގައި ހުރީ މާޒިންއެވެ.

"އަދިވެސް ގޮތްދޫކުރާކަށް ނުވޭތަ؟"

"އަހަރެން އެ ޕޯސްޓް ރިމޫވްކޮށްފިން. އެކަމަކު އެ ޝެއާކުރާނެ ބަޔަކު ޝެއާކޮށް ކިޔާނެ މީހަކު ކިޔާފައި ހުންނާނީ. ކިތަންމެ ހިތް ހަމަނުޖެހުނަސް ހަގީގަތް ވާނީ ހަގީގަތަށް ރުޅި އަންނަ ބަޔަކު ރުޅިއަޔަސް އިސްލާމީ ނޫރު ދުވަހަކު ނުނިވޭނެ. އިސްލާމީ ދަންމަރުން ދުނިޔެއަށް އަލިކޮށްލާފަައިވަނީ ގިޔާމަތާ ޖެހެންދެން..........." އާލިޔާ ރުޅިވެރިކަމާއެކު ބުނެލިއެވެ.

"ހައްދު ފަހަނަޅާ ދިޔަސް އަހަރެމެންގެ މީހުންނާ ނުބެހޭތި...................." މާޒިން އަތް މަޅާލާފައިވެސް ތިރިކޮށްލިއެވެ.

މި ނިރުބަވެރި އަންހެންކުއްޖާ ފެނުނަސް ގައިން ހުޅު ރޯވެދާން އުޅެއެވެ.

"މަހުދީ އަމުރުކުރަނީ އެ ޕޭޖުވެސް ނައްތާލަން...." މާޒިން ފިނިގޮތަކަށް ބަލައިލިއެވެ. އާލިޔާގެ ގައިންވެސް ހީބިހިނަގައިލިފަަދަ ނުރައްކާތެރި ބަލައިލުމެކެވެ.

"އެ ޕޭޖު ނެގިޔަސް އިސްލާމް ދީން ބަލިކަށިއެއް ނުވާނެ. އެދީން ކުރިއަރަމުން ދާނީ....." އާލިޔާ ރައްދުދިނެވެ.

"ވީއިރު ބަންދުވެގެން އިނދޭ. ޚިޔާލު ބަދަލުވީ އިރަކުން ކާން ގެންނަ މީހުން ގާތު ބުނޭ. ކިތަންމެ ދުވަހެއްވިޔަސް ތިތާ އިންނަން ޖެހޭނީ އެގިއްޖެއްތަ؟ " މާޒިން އިންޒާރު ދީފައި ނުކުމެގެން ދާން ހިނގައިގަތެވެ. އާލިއާ ދެލޯމަރައިލިއެވެ. މިމީހުން ބުނާގޮތަށް ހަދާފައި ޕޭޖު ހަމަ ޑީއެކްޓިވޭޓްކޮށްލަން ވީހެއްޔެވެ؟ އެހާ ފަސޭހައިން ބަލިގަބޫލުކޮށް މި މީހުން ބުނާގޮތަށް ހަދާދޭކަށް އޭނަގެ ހިތެއްވެސް ނުރުހެއެވެ. އޭނަގެ ދުޢާއަކީ މި ދީނެއް އުޅުމެއްނެތް ޒުވާނުންނަށް ތެދުމަގު ދެއްކެވުމެވެ.

ޖެހިގެން އައި ދުވަހު އާލިޔާ ހެނދުނުގެ ނާސްތާއަށްފަހު ކޮޓަރީގެ ތަޅުގައި ހިފައިލިއިރު މިއަދު ބޭރުން ތަޅުލާފައެއް ނެތެވެ. އުފާވެފައި ހުރެ ދޮރު ހުޅުވާލާފައި އާލިޔާ ނުކުތުމުން ދުނިޔޭގެ ތާޒާ ސާފު ވައި ލިބުނެވެ. އެހެން މީހަކު ފެންނާން ނެތުމުން އެ ރަށުގެ ވަށައިގެން ހިނގާފައިވެސް މިރަށުން ސަލާމަތްވެގެން ދެވޭނެ ގޮތެއް ނެތްކަން އެނގުނެވެ.

***

އަދާ ކައިވެންޏަށް ތައްޔާރުވެ ހެދުން ފެހިއެވެ. ހުރިހާ ކަމަކާއި އުޅެމުންވެސް އޭނަ އެންމެ ލޯބިވާ އަރްސަން ގާތު އެދުނީ އެންމެ ކަމަކަށެވެ. ދީން ގަބޫލުކުރުމަށެވެ. އަރްސަންވަނީ އޭނަ ގާތު އޭނައަކީ އެތިއެސްޓެއްކަމަށް ބުނެފައެވެ. އޭނަ ދީން ގަބޫލު ނުކުރާކަމަށް ބުނެފައެވެ. އެފަދަ ޕޭޖަކަށް ލައިކްކޮށް އެޑްމިންއާއި ފުދޭވަރަކަށް ގުޅުން އޮވެއެވެ. އަދާ ބޭނުންވީ އެންމެ ހުއްދައަކަށެވެ. އޭނަ ކައިވެނީގެ ރޭ ބުރުގާ އަޅަން ހުއްދަ ދިނުމަށެވެ. ނަމަވެސް އަރްސަން ބޯހަރުކަމުން އެކަމާވެސް އެއްބަހެއްނުވިއެވެ. އޭނަގެ ލޯބިވެރިޔާގެ ފަރާތުން ދީނީ އެއްވެސް ކުލައެއް ފެންނާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ ބޭނުމީ ސެކިއުލާ ފިކުރެވެ. އޭނަގެ ބައްޕަވެސް ސެކިއުލާ ސަރުކާރެއް ގާއިމުކުރުމަށެވެ. އޭނަދެކޭ ހުވަފެނަކީ އެއީއެވެ. ދީނަކީ އޭނަ ދެކޭ ގޮތުން ހުރިހާ ހަގުރާމައަކާއި ހަމަނުޖެހުމެއްގެ އަސްލެވެ. އަރްސަންއަށް ހައްގާއި ބާތިލު ވަތްކެއްނުވެއެވެ. ބުނެދޭން މަސައްކަތްކުރިޔަސް އަރްސަން އެވާހަކަ ހުއްޓުވައެވެ. ވީިއިރު މުސްލިމް ނޫން މީހަކާއި ކައިވެނި ކުރަން އަންހެންކުއްޖަކަށް ހުއްދައެއް ނުވާނެއެވެ. ހުއްދަނޫން ކައިވެންޏަކުން ލިބޭ ދަރިންވެސް ހަލާލެއް ނުވާނެއެވެ.

މިންކާ ކާކޮޓަރިއަށް ވަދެފައި މައިލޯ ދަޅު ނަގައިގެން އައިސް މައިލޯ ސަމުސަލެއް ކައިލިއެވެ. ކުއްލިއަކަށް ފަހަތުން އައި މީހަކު މޫނުގައި އަތް އެޅިއެވެ. އެ މަޑު ފަށުވިކޮޅެއްފަދަ އޮމާން ފިނި ދެއަތް އޭނައަކަށް ނޯޅޭނެއެވެ. ފިލައިގެން އުޅެނިކޮށް ފާރައަށް ހުރެވެސް އަދާ އޭނައާއި ހަަމަޔަށް އަތުވެއްޖެއެވެ. އަރްސަންއާއި އަދާގެ ކައިވެނީގެ ޚަބަރު އެނގުނުއިރުއްސުރެން އޭނަގެ ލޮލުން ކަރުނަ ނުހިކެއެވެ. އޭނަ އެތައް މެސެޖެއް އަރްސަންއަށް ކުރިއެވެ. ލޯބިވާވަރުންގޮސް މަރުވެދާނެކަމުގައި ބުނެ އާދޭސްކުރިއެވެ. އަރްސަން އެ މެސެޖްތައް އެެހެން މީހަކަށް ނުދައްކާނެކަމަށް އިތުބާރުކުރެވުނީ ކީއްވެކަމެއް ނޭގެއެވެ. ނަސީބަކުން އަދި އޭނައަށް އެފަދަ ބިރެއް ނެތެވެ.

"މިންކް ކިހިނެއް ވީ؟ " އަދާ މޮޅިވެރި ހިނިތުންވުމަކާއެކު ބުނެލިއެވެ.

"އަހަރެން ބަލިވީ...."

"ޑޮކްޓަރަކަށް ދެއްކިންތަ؟"

"ނޫން. އަހަރެން މެންޓަލީ ސިކްވީ. އަހަރެންގެ ސައިކޮލޮޖިސްޓްގެވެސް ޚަބަރެއްނުވޭ. ފޯނުވެސް ނުނަގާ....." ހަގީގީ ހިތާމަތައް ސިއްރުކުރަން އޭނަ މަސައްކަތްކުރިއެވެ. އަދާ ފެނުމުން ކުށްވެރި އިހުސާސްތައްވެސް ހިތުގައި ބޮނޑިވެގަތެވެ. ހަމްދަރުދީވެވެން އުޅުނެވެ. އޭނަ އެހާވަރުން ދުޢާކޮށްގެން އަދާއާއި އަރްސަން ވަކިކުރަން މަސައްކަތްކުރިޔަސް އެދެމީހުން ދާއިމީ ގޮށެއް ޖަހަން އެއުޅެނީއެވެ. ދެލޯބިވެރިއެއްގެ ދޭތެރެއަށް ވަންނަން އޭނަ މިއީ ހާދަ ނުބައި އަންހެނެކެވެ. އަދާއަށް ހުރިހާ ވާހަކައެއް ކިޔާދީފައި މާފަށް އެދޭނީއެވެ.

"މިންކް ޑޮކްޓަރ ކައިލަންއަށް ދައްކަމާ...."

"އޭނައަށް އެނާ ނޫން މީހަކަށް ވަގުތެއް ނުދެވޭނެ. ޕްލަސް އަހަރެން އެހެން މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނޫން. އާލިއާ އިޒް މައި ފެވެރިޓް ސައިކޮލޮޖިސްޓް މިބުނީ އޭގެ މީހަކަށް ނުވިޔަސް. އެގެއަށް ދެވުނީމަ ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބެނީ......" މިންކާ ގަސްތުކުރީ އޭނައާއި އާލިޔާގެ އޮތް އެކުވެރިކަމުގެ ވާހަކަ އަދާއާއި ހިއްސާކޮށްލާށެވެ. މިންކާ އިނީ އިސް އުފުލާ ބަލައިލަންވެސް ނުކެރިފައެވެ.

"ޑޮކްޓަރ އަޔާޒްއަކީ އާލިއާގެ ބޭބެ ދޯ.. އެދުވަހު ހޮސްޕިޓަލުން ދިމާވިއެއްނު......" އަދާ އަހައިލިއެވެ.

"އޭނަގެ އަންކަލް. އޮންކޮލޮޖިސްޓެއްކަން ނޭގޭ....."

"އަހަރެން ކުރީ ދުވަހު ބަލިވެގެން ދިޔަ ދުވަހު އޭނައާއި ދިމާވީ. ވަރަށް ކައިންޑްހާޓެޑް. އަނެއް ދުވަހަކު ވެސް އޭނަގެ ބަލި މަންމަ ގޮވައިގެން އުޅެނިކޮށް ދިމާވި. މަންމަ އުޅުނީ މޮޔަކޮށް. އެހާ ލަސްލަހުން ހިނގަ ހިނގަމުންގޮސް ކުއްލިއަކަށް ހުއްޓި ކުޑަކުއްޖެއްހެން އެކި ސުވާލުތައްކުރަން ފަށާނެ. ހީ ވޯޒް ސޯ ޕޭޝަންޓް. އެހެން މީހެއްނަމަ އެހާ ކެތްތެރިއެއް ނުވާނެކަން ޔަގީން . މަންމައަށް އޭނަގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުރީ. އައި ވޯޒް އިމްޕްރެސްޑް ހަމަ. މީހާގެ ޗާމިން ކަމުންވެސް ހިތްތަކަށް އަސަރުކުރުވަފާނެ. އަދި އެނގޭތަ؟ އެހާ ރީތި އޯގާތެރި ލޮލެއް ދުވަހަކު ނުދެކެން ...." އަދާގެ ޖުމްލައިން މިންކާ ސިހިފައި ބަލައިލިއެވެ. އަރްސަންއަށްވުރެ އެެހެން މީހެއްގެ ލޯ ރީއްޗޭ ހަމަޖެހޭ މީހަކު ނުބުނާނެއެވެ. އަޔާޒް ސްމާޓެވެ. އިސްކޮޅުން ދިގުވެފައި ހަށިގަނޑު ސީދަލެވެ. ނަމަވެސް ތުނބުޅި ހުރުމުން މިންކާ ހިތް ކިޔާގޮތެއް ނުވެއެވެ. އާލިއާގެ ދޮންބެއަށް ވުމުން ފުރަތަމަ ނަޒަރުންވެސް އޭނައަށްވެސް ބޭބެއެއްގެ ގޮތުގައި ދެކެވި އިހުތިރާމް ކުރެވެން ފެށުނީއެވެ. ހިތް ނުކިޔުނު ސަބަބަކީ އެއީކަން ޔަގީނެވެ. އަޔާޒް ކުރިމަތީގައި ކުރު ހެދުމެއްލައިގެން ހުންނަންވެސް އުދަގުލެވެ. އަދާ އެގޮތަށް ތައުރީފުކުރުމުން ރަގަޅަށްވެސް އަންތަރީސްވެ ފާޑަކަށް ހެވިއްޖެއެވެ. ހިތާމަތަކުގެ މަތިންވެސް ހަދާން ނެތުނެވެ.

"ތި އަރްސަންއަށް ބޭވަފާތެރިވެވުނީ ...."

އަދާ ދުރަށް ބަލަން އިނީ ފުން ވިސްނުމެއްގައި އިން މީހެއް ފަދައިންނެވެ.

"މިންކް. ކައިވެންޏަށް ހުރިހާ ކަމެއް ތައްޔާރުވެއްޖެ. އެކަމަކު އަަހަންނަށް ހީވަނީ އަހަރެން....ތައްޔާރު ނޫންހެން..........." އަދާ ފިނިވަމުން ދިޔަ ދެއަތް އުގުޅައިލިއެވެ. ސަބަބު ކިޔައިދޭން ނުކެރުނީ މިންކާގެ އުޅުން މިހާރު ހުންނަގޮތުން ޖެހިލުންވާތީއެވެ. އަރްސަންގެ ސިއްރެއް ބޭޒާރުކުރަން ބޭނުންނުވީއެވެ. އަރްސަންގެ ހަގީގަތް މީޑިއާއާއި ހަމަޔަށް ފޯރައިފިއްޔާ އޭނަގެ ބައްޕަގެ އަގުވެސް ވެއްޓިދާނެއެވެ.

"ވަޓް؟ " މިންކާގެ ހުރިހާ ސަމާލުކަމެއް އަދާއަށް ހުއްޓުނެވެ.

"އަހަންނަކަށް ނޭގޭ.. އިޓްސް ޖަސްޓް......އަދި ހަމަ ރެޑީ ނޫނީ. މިހުރިހާ ކަމެއް ނިންމަމުން ދާއިރުވެސް އަދި ދިރިއުޅުމެއް ފަށާވަރަށް ވުރެ އަވަހޭ ހިތަށް އަރަނީ. އެކަމަކު ހެދުން ފަހަން ދީފި ކާޑުތައް ހަދަން ހަވާލުކޮށްފި. ޑޭޓް ނިންމައިފި. ކިހިނެއް ނޫނެކޭ ބުނާނީ....."

"ސީރިޔަސްތަ؟ އަދާ އޭނަދެކެ ލޯތްބެއް ނުވޭތަ؟ އެއީނު އަދާގެ ޑްރީމްއަކީ........." މިންކާގެ ހިތް އުފަލުން ނަށައިލިއެވެ. އެނަގެ ދުޢާ އިޖާބަކުރެއްވީ ބާވައޭ ހިތަށް އަރާފައި ހިތުގައި ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ދަތުރުކޮށްލައިފިއެވެ.

"ވަރަށް ވަރަށް ލޯބިވޭ. އެކަމަކު....." އަދާ ތުންފަތުގައި ދަތްއަޅައިލިއެވެ. އޭނަގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތް މަތިން ދަތުރުކުރަންފެށީ އިންޒާރަކާ ނުލައެވެ. އަރްސަންއާއި ވަކިވުމަކީ ޚުދު އޭނަގެ ހިތަށްވެސް ކެތްވާނެކަމެއް ނޫނެވެ. އޭނަ ބޭނުމީ ހަމަ އެންމެ ކަމެކެވެ. އަރްސަން އޭނައާއި ކައިވެނި ކުރުމުގެ ކުރިން މުސްލިމަކަށް ވުމެވެ.

"ހޭ ލަވް......ޑޯންޓް...." މިންކާ އަދާގެނެސް ކޮނޑުގައި ޖައްސާލިއިރު ހިތުގައިވާ ހަސަދަވެރިކަން ދިޔަތަނެއްވެސް ނޭގުނެވެ. ހިތް ސާފުވެއްޖެއެވެ. އަދާގެ ނިންމުމަށް އޭނަ ފުރިހަމައަށް ތާއީދުކުރާނެއެވެ.

އަދާ ދިޔުމާއެކު މިންކާއަށް ހިމޭނުން ނުހުރެވުނެވެ. ވަގުތުން އަރްސަންއަށް މެސެޖްކޮށްލާފައި ބުނީ އަދާ އަރްސަންދެކެ ފޫހިވާން ފަށައިފިކަމުގައެވެ. އޭނަގެ ފަންޑިތަޖަހެނީ ކަމަށް ބުނެ ހީލާފައި އިމޯޖީ ތަކެއް ފޮނުވައިލިއެވެ. އަރްސަންއަށް ވުރެ އަދާ ހިތްކިޔަނީ ޑޮކްޓަރ އަޔާޒަށް ކަމުގައިވެސް ބުނެލީ ނިކަން މަޖާވެފައި ހުރެއެވެ. އަރްސަން ގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނަ ދެއްކި ވާހަކަ ސީރިޔަސްކޮށް ނުވެސް ނަގާނެއެވެ. އޭނަދެކެ ހައްތާ ފޫހިވާނީކަން ނޭގެއެވެ. މިންކާގެ ހިތަށް ތަދުވެ ލޮލުން ފެން އަންނަގޮތްވިއެވެ. ލޯތްބަކީ ހާދަ އެހެން ކަހަލަ ޖަޒުބާތެކެވެ. ހިތަށް ތަދުކުރުވާވަރު ދަންނާނީ މިފަަދަ ހިތާމައެއް އިހުސާސް ކުރަން ޖެހުނު ފަރާތަކަށެވެ. އަދާ ދުރަށް ދިޔައްޔާ އަރްސަންގެ ހިތުން އޭނައަށް ޖާގައެއް ލިބިދާނެބާއެވެ. ބައެއްފަހަރު ރަގަޅަށް ވިސްނުނަސް އަނެއް ބައި ފަަހަރު ނާއުއްމީދީވެ މާޔޫސްކަން ވަށައިލައެވެ.

"މިންކާ ނަމާދުކޮށްގެން ދުޢާކުރޭ. އެދެމީހުން އެއޮތް ބްރޭކްއަޕްވަނީ. ކައިވެންޏަށްފަހު ވަރިވާ މީހުންވެސް އުޅޭ. ކައިވެނ ކުރިޔަސް އެ ޕާޓީގައި ބައިވެރިވާނީ. ހަމަ ހިނިތުންވެލައިގެން ބްރައިޑްސްމެއިޑަކަށް ހުރެދާނަން. ހިތުގައި އަތް އަޅައިގެން. ކައިވެނީގެ ގަޑީގައި ވެސް އަހަރެންގެ ދުޢާއަކަށްވާނީ އަދާ އާއި އަރްސަންގެ ގުޅުން ނިމުމަކަށް އައުން..." މިންކާ އެކަނި ހުރެ ހިނިތުންވެލިއެވެ.

***

ރަހުމާ ހުރީ ހިތްހަމަނުޖެހިފައެވެ. ފުލުހުންނަށް ގުޅަންވެސް އަޔާޒުއަށް ބާރުއެޅިއެވެ. އޭނަ ފުރާ ދުވަސް ކައިރިވާއިރު މަންމަ ބަލާނެ ކޮންމެވެސް މީހަކު ހުންނަން ޖެހޭނެއެވެ. އަޔާޒުއާއި ކައިވެނި ހަމަޖައްސަން ދަންނަ އެކުވެރިއެއްގެ ކޮއްކޮއެއް ނަމަވެސް ރުހޭތޯ އޭނަބެލިއެވެ. ނަމަވެސް އަޔާޒް އެކަމާއި ފާޅުގައި ދެކޮޅުހެދިއެވެ.

"ދޮންތަ ކަންބޮޑުނުވެ ފުރައިގެން ދޭ. އެހެންމީހަކު ނެތިއްޔާ އަޅުގަނޑު މިހިރީ..." އަޔާޒު ވާހަަކަދެއްކީ މަޑުމައިތިރިކޮށެވެ.

"ތިހެން ބުނެގެން ހައްލެއް ނެެތޭ. އަޔާއަކީ ފިރިހެނެއް...."

"މަންމަ ބަލަން ވާޖުބުވަނީ ފިރިހެންދަރިންނަށޭ ދޮންތަމެން ބުނަމެއްނު. އެހެންވެ ވާޖިބު އަދާ ކުރަން މިހިރީ. މަރުވާންދެންވެސް މަންމަ އެއްލައެއް ނުލާނަން އިންޝާﷲ...." އަޔާޒް ކޮފީތަށި ގިރަންފެށިއެވެ. ކޮއްކޮގެ މޫނުމަތިން އެކަން ނުދެއްކިޔަސް އެހެރީ ހިތްހަމަނުޖެހިފައިކަން އޭނައަށް އެނގުނެވެ. މިފަދަ ދަރިއެއް ހުރިކަމީ އެހެން ކުދިންނަށް ލެއްވި ރަހުމަތެކެވެ. ނަސީބެކެވެ. އަޔާޒް މަންމައާއި އަޅާނުލާނަމަ އެހެން ދަރިންނަށް ޒިންމާތައް ނުނަގާ އެހެން ތަންތަނުގައި ވަޒަންވެރިވެ ތިބެން ފަސޭހައެއް ނުވާނެއެވެ. އަޔާޒް މަންމަ ގެންގުޅެނީ ރާނީއެއްހެނެނެވެ. ވީއިރު މަންމަ ދޫކޮށް ދުރަށް ދާން ޖެހޭތީ އޭނަ އަށް ކުށްވެރި އިހުސާސެއް ނުކުރެވެއެވެ.

އަޔާޒު ކިތަންމެ ފަހަރަކު މަހުދީއަށް ގުޅިއެވެ. އޭނަ ބުނަނީ އާލިއާ ގަދަވެ ސަލާމަތުން ހުރި ކަމުގައެވެ. ޕޭޖް އުވާލުމާއެކު އާލިއާ ދޫކޮށްލާނެކަމުގެ ޔަގީންކަން ދިނެވެ. އަޔާޒްގެ ހުރިހާ ދުޢާއެއްވަނީ އާލިއާއާއެކުގައެވެ. އާލިއާގެ ގައިގާ ކުޑަ ކޫރުމެއް އެޅުނަސް އޭނަ އަމިއްލަ ނަފުސަށް ދުވަހަކު މާފެއް ނުކުރާނެއެވެ.

***

އަރްސަންއާއި އަދާގެ ކައިވެންޏަށް ސްކައިޕެލެސް ތައްޔާރުކޮށްފައިވަނީ ނިކަން ފުރިހަމައަށެވެ. ރޭގަނޑު އަށެއްޖަހަމުން ދިޔައިރު އާއިލާ އަދި އެކުވެރިންތައް އެގެއަށް ބައިބަޔަށް ވަންނަމުން ގޮނޑިތައް ފަޅުފިލުވަނީއެވެ. އެތަނަށް ހާޟިރުވެ ތިބި ގިނަބަޔަކަށް އެ މާހައުލު ކަމުދިޔައެވެ. ލެންޓަންތަކާއި ބަގީޗާ އަލިތައް އަދި ތައްޔާރުކޮށްފައިވާ ގޮތާއި ލުއި މިއުޒިކްވެސް މެއެވެ. ސުކައިނާވެސް މިރޭ އަލަތު ކައިވެނި ކުރާ ކުއްޖާއަކަށް ދޫނުކުރެއެވެ. އެހާވެސް ރީތި އަގުބޮޑު ހެދުމަކާއިއެކު ކަންފަތާއި ކަރުގައި އަޅާފައިވާ ޖަވާހިރުތައް ދަޅައަރާއިރު ކޮށްފައިވާ މޭކަޕްވެސް ރީތީއެވެ. ސުކައިނާގެ ދަތްތައް އަބަދުހެން މިރޭ ފެންނަން ހުރީ ލިބިފައިވާ ބޮޑު އުފަލެއްގެ ސަބަބުންނެވެ. މުއްސަދި ގަދަރުވެރި ދެ އާއިލާ ގައި ޖެހިފައިވާ ގޮށް މިރޭ އިތުރަށް ބާރުވާނެއެވެ. އަދާގެ މަންމަ ދިޔާނާވެސް ސުކައިނާފަދައިން މޭކަޕާއި އަގުބޮޑު އެއްޗެހިން ޒީނަތްތެރިވެގެންނެވެ. ދެމީހުންނާއެކު އެންމެ ގާތްކޮށް އުޅެމުން ދިޔައީ ނާއިބު ރައީސްގެ އަންހެނުން އާތިކާއެވެ.

"އެއްކަލަ ހައްދު ފަހަނަޅާފައި ތިބޭ ގާޒީއާއި އަތްދަށު ބައިގަނޑު އެބައާދޭ...." ސުކައިނާ ފާޑަކަށް ބުނެލިއެވެ. "ދެން މިކަހަލަ ދީނީ ކަމަކަށްވެސް މި ތުނބުޅި ލީ މީހުން އައީމަ އަޅުގަނޑު ހަމަ ހޮޑުލަވާ. ރައީސް އަރިހު ދެންނެވީމޭ ބޭރު ގައުމެއްގައި ބާއްވާށޭ. އެކަމަކު ރައީސްވެސް ބޭނުންފުޅުވަނީ ދީނާއި އެއްގޮތަށް ކައިވެނި ކުރުވަން...."

"ތިހެން ބުނީމަ ހަދާންވަނީ އިބުލީހާއި ލާހި ދަރިންގެ މިސާލު..." ދިޔާނާވެސް ބައިވެރިވިއެވެ.

އަރްސަން އެތަނަށް ނުކުތްތަން ފެނިފައި ސުކައިނާގެ ދެލޯ ވިދައިލިއެވެ.

"މައި ހެންޑްސަމް ސަން. ކިހާ ސްމާޓް. މިރޭ އެހެން އަންހެންކުދިންގެ ހިތް ފަޅައިގެންދާނެ....." ސުކައިނާ ފަޚުރުވެރިކަމާއެކު އޭނަގެ އެކުވެރިންނަށް ބަލައިލިއެވެ.

"އައިމް ޕްރައުޑް ޓޫ....ކޮންމެ މައިދައިތައެއްވެސް ބޭނުންވާނީ މިކަހަލަ ޑްރީމީ ސަން އިން ލޯ އެއް.. ނެތީ ކޮން ކަމެއް؟ ހީޒް ޕަރފެކްޓް. އަޅުގަނޑު އަރްސަން ކުޑައިރުވެސް އަދާއާއި އެންމެ އެކަށީގެންވާކުއްޖަކީ އެއީކަމަށް ނިންމައިފިން. އެދެކުދިންގެ މެރިޖް އިޒް ރިޓެން އިން ހެވަން....." ދިޔާނާގެ ދެލޯ ތެމޭގޮތްވިއެވެ. އުފަލުންގޮސް މަންމައިން ހަލާކުވަނީއެވެ. އަމިއްލަ ކައިވެނީގެ ރޭވެސް މިހާ އުފާވި ހަދާނެއްނުވެއެވެ.

ގާޒީންނާއި އެކު މޭޒުގައި އިށީންނަން ހަމަޖެހިފައިވާ އެހެން މީހުންތައް ގޮނޑިތައް ފުރައިލިއެވެ. މައިމޫންއާއި ތައިމޫރުގެ ތުންފަތްމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. އަދާގެ ބައްޕަވެސް އެހާ ހިތްހަމަޖެހިފައެވެ. އަރްސަންއަށް އެންމެންގެ ލޯތައް ހުއްޓުނެވެ. އަޅިކުލައިގެ ދެލޮލާއި ގުޅޭފަދަ ގަމީހަކާއި ފަޓުލޫނެއްގައި ރަސްމީކޮށް ދައްކައެވެ. މަންމަ ކިޔައިގެން މިރޭ އަރްސަން ގެ ތުނބުޅި ހުރީ ނިކަން ތުނިކޮށެވެ. އަދާއަށް ލަސްވާން ހެދުމުން ޚަބަރު ބަލައިލަން ދިޔާނާ ދިޔައިރު އަދާ ރީތިކުރަން ތިބިކުދިން އޭނަގެ އިސްތަށިގަނޑު ސްޓައިލްކޮށް ނިންމައިލަނީއެވެ.

"މައިގޯޑް މަންމަގެ ޑާލިން. ކޮންފަދަ ފުރިހަމަކަމެއް...." ދިޔާނާ އަނގަމަތީ އަތްއަޅައިލިއެވެ. އަދާއަށް ހީލާކަށްވެސް ނޭގުނެވެ. ގަދަކަމުން އޭނަ ތުންފަތަށް ހަރަކާތެއް ގެނައެވެ. މަސްނޫއީ ހިނިތުންވުން ލޮލަކަށްނުފޯރިއެވެ. އަނދުން އަޅާފައިވާ ދެލޮލާއި އެކު އޮމާން މޫނުގެ ސިހުރުގައި މިރޭ ނުޖެހޭނެ މީހެއްނުވާނެހާ އަދާ ރީއްޗެވެ. ނަމަވެސް އެމޫނުމަތިން އުފާވެރިކަމެއް ނުފެނުނެވެ.

މިންކާގެ ހިތްވެސް ބައެއްފަހަރު އެގޮތްމިގޮތަށް ތެޅިގަނެއެވެ.

"ސްޓްރެސްވީމަ ވާ ގޮތެއްތަ؟ ނޫނީ މަށަށް ހާޓް އެޓޭކެއް ޖެހެނީތަ؟ " މިންކާ ހިތާހިތުން ކިޔާލައިފިއެވެ. "ހަމައެއް ލަަމައެއްނެތި އިރެގިއުލާ ހާޓްބީޓް ހުރީމަ އެއީ ގައިމު ރަގަޅުކަމެއްނޫން. ހިތް ހަލާކުކޮށްގެން ވެސް އަރްސަން އޭނަގެ ލޯބި ކާމިޔާބުކޮށްފި. އަހަންނަށްވެސް މި ކައިވެނި ނުހުއްޓުވުނު. އެކަމަކު ސްޓިލް ވިލް ޕްރޭ ހަމަ....."

މިންކާ އެވަގުތުކޮޅުވެސް ދުޢާކޮށްލިއެވެ.

އަދާ ގޮސް އަރްސަން ކައިރީގައި ހުރި ގޮނޑީގައި އިށީންގޮތަށް އިސްޖަހާލައިގެން އިންއިރު އެތައް ޚިޔާލުތަކެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެންމެ ފަހު ވަގުތު ނޫނެކޭ ބުނުމަކީ އެތައް ބަޔެއްގެ މޫނުމަތިން ހިނިތުންވުން ގެއްލުވާލާ އޭނަގެ އާއިލާގެ އަގުވެސް ވެއްޓިދާނެފަދަ ކަމެކެވެ. މުޅި މިތަނަށް އިންގިލާބެއް އަންނާނެއެވެ. ރައީސްގެ ދަރިފުޅު ދަނބިދަރިއަކަށް ވުމަށްވުރެ އޭނަގެ މައިންބަފައިންނަށް ދެވޭނެ އެހެން ހަދިޔާއެއް އުފަލެއް މި ބިންމައްޗަކު ނެތެވެ. އަދި އެއަށްވުރެ ފަޚުރުވެރިވާނެކަމެއް ވެސް ނެތެވެ. އަރްސަން ދީން ގަބޫލު ނުކުރުން މަންމަމެންނަކަށް މުހިއްމެއް ނޫނެވެ. ނަމަވެސް އޭނައަށް އަރްސަންއާއި އެކު ދިރިއުޅުމެއް ފެށިދާނެހެއްޔެވެ؟

އަދާގެ ސިކުނޑިއަށް ބާރު ބޮޑުވިއެވެ. ސިކުނޑިތެރޭ ހަގުރާމައެއް ފެށި އެތައް ބަޔަކު ބޮލުތެރޭގައި އުޅޭކަމުގެ އިހުސާސްބޮޑުވެ ބޮލުގައި އަތް އަޅާ ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. މަޑުމަޑުންގޮސް ލޯމައްޗަށް އަޔާޒްގެ ސޫރަ ފައުޅުވިއެވެ.

އަރްސަން އަޔާޒްގެ ޝަޚުސިއްޔަތު ހުރިނަމައެވެ. އެހާ ދީންވެރި މީހަކަށްވިނަމައެވެ. ހަޔާތުގެ ބައިވެރިޔަކަށް ކާފަރަކު ހޮވުމަކީ އަބާއްޖަވެރިކަމެއްކަން ޔަގީނެވެ. ވަށައިގެން ފޯނުތައް ދިއްކޮށްގެން ފޮޓޯތައް ނަގަނީއެވެ. ވީޑިއޯ ކުރަނީއެވެ. އެކަމަށް ޚާއްސަކޮށް ގެނެސްފައި ހުރި ފޮޓޯގްރާފަރުވެސް ވަރަށް ގަޔާވެފައި ހުރެ އޭނައަށް ހަވާލުކޮށްފައިވާ މަސައްކަތް ފުރިހަމައަށް ނިންމުމުގައެވެ.

ކައިވެނީގެ ޚުތުބާ ފެށިއްޖެއެވެ.

އަދާގެ ހިތަށް ތަފާތު އަސަރުތަކެއް ކުރުވިއެވެ. ކެތްކުރަން މަސައްކަތް ކުރިނަމަވެސް ލޮލުގައި ގިނަވާން ފެށި ކަރުނަތައް ނުހުއްޓުވި ކޯތާފަތް މަތިން ތިރިއަށް ދެމެންފެށިއެވެ. ފޮރުވަންވެގެން އަދިވެސް ބޮޑަށް އިސްޖަހާލެވިއްޖެއެވެ.

"އަދާ. ކެތްކުރޭ. ކެތްކުރޭ ދެރަގޮތެއް ނުވާނެ. ޔޫ ލަވް ހިމް އެލޮޓްއެއްނު. އަރްސަންއަކީ އެންމެ ލޯބިވާ ފަރާތް. ކައިވެންޏަށްފަހު އޭނަ ބަދަލު ކުރެވިދާނެ. ޔޫ ކެން ޑޫ އިޓް އަދާ......"

ނުނިމޭ

comment ކޮމެންޓް