އީވް ކްލިނިކުން ގޭގެއަށް ގޮސް ބަލި މީހުން ބަލައިދެނީ

އީވް ކްލިނިކް ---

އީވް ކްލިނިކް އިން ގޭގައި ތިބެގެން ޑޮކްޓަރު އެޕޮއިންޓްމެންޓް އާއި މެމޯ ހެދުމުގެ އިތުރުން ގޭގެއަށް ޑޮކްޓަރުށް ގޮސް ބަލި މީހުން ބަލައިދިނުމުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

އީވް ކްލިނިކް އިން ބުނެފައިވަނީ މިހާރު އެ ކްލިނިކުން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ގޭގައި ތިބެގެން ހޯދޭނެ ކަމަށެވެ. އެގޮތުން އެޕޮއިންޓްމެންޓް ހެދުމާއި މެމޯ ހެދުމުގެ އިތުރުން މެމޯ އަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް ގެއިން ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ދައްކަން ބޭނުންވާ ޑޮކްޓަރުގެ ނަމާއި، ބަލި މީހާގެ އައިޑީ ކާޑު ވައިބާ ކޮށްލުމުން އެޕޮއިންޓްމެންޓް ހަދައިދީ ޓޮކެން ނަމްބަރެއް ލިބިގެންދާނެ ކަމަށް އީވް ކްލިނިކުން ބުންޏެވެ. އެގޮތުން އައިޑީ ކާޑު ވައިބާ ކުރާނެ ނަމްބަރަކީ 7900788 އެވެ.

އަދި ޑޮކްޓަރަށް ދައްކަން ކްލިނިކަށް ދާނަމަ، ބަލި މީހާގެ އައިޑީ ކާޑު ގެންދަން ޖެހޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ.

އީވް ކްލިނިކުން ބުނެފައިވަނީ އެ ކްލިނިކުން ތަފާތު ދާއިރާތަކުން ހިދުމަތް ފޯރުކޮށްދިނުމަށް ސްޕެޝަލިސްޓުން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރުންނާއި ކުޑަކުދީންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހިތާއި ކިޑްނީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ އިތުރުން އޮޕަރޭޝަން ބަލިތަކުގެ ޑޮކްޓަރުންނާއި ހަމުގެ ހާއްސަ ޑޮކްޓަރުން އަދި ކަށީގެ ހާއްސަ ޑޮކްޓަރުންވެސް އީވް ކްލިނިކްގައި މަސައްކަތް ކުރާނެއެވެ.

ދަތުގެ ބަލިތަކުގެ ފަރުވާ އާއި ފިޒިއޯތެރަޕީގެ ހިދުމަތްވެސް އީވް ކްލިނިކުން ލިބިގެންދާނެ ކަމަށް ވަނީ އެ ކްލިނިކުން ބުނެފައެވެ. އޭގެއިތުރުން ސްކޭން ކުރުމުގެ ހިދުމަތާއި އެކްސްރޭ އަދި ލެބޯރެޓްރީގެ ހިދުމަތްވެސް އެތަނުން ލިބެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް