ލޮކްޑައިންގައި ތިބޭއިރު ކިޔާނެ ފޮތްތައް ހޯދާނީ ކޮންތާކުން؟

11 ނޮވެމްބަރ 2017: ނޭޝަނަލް އާޓްގެލެރީގައި ކުރިއަށްދާ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު މުޅި ދުނިޔޭގައި ކަހަލަ ގޮތަކަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ގްލޯބަލް ލޮކްޑައުންގެ ހާލަތަކަށް މިހާރު މިވަނީ ގޮސްފައެވެ.

ސްކޫލްތައް ބަންދުކޮށްފައިވާއިރު ކުޅިވަރެއް ކުޅެލާނެހާ ފުރުސަތުވެސް މިހާރު ނެތެވެ. އެންމެންގެ ރައްކަލަށްޓަކައި، ކިތަންމެ ބޭނުން ނުވިޔަސް މިހާރު ޖެހޭނީ ގޭގައި މަޑުކޮށްލާށެެވެ. ގޭގައި ތިބޭއިރު ފޫހިވާނަމަ އެއް ބަޔަކު ފޮތްކިޔައެެވެ. ނަމަވެސް މި ދުވަސްވަރު ކިޔާނެ ފޮތްތައް ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ހުރިހާ ލައިބްރަރީތައްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

އިންޓަނެޓްގެ ވެބްސައިޓް އާކައިވް އޯގް ހިންގާ އިންޓަނެޓް އާކައިވްއިން މިހާރު އެކަމަށް ވަނީ ވަގުތީ ހައްލެއް ގެނެސްދީފައެވެ. އެގޮތުން މިހާރު ވަނީ އިމަޖެންސީ އޮންލައިން ލައިބްރަރީއެއް ގާއިމްވެސްކޮށްފައެެވެ. އެ ލައިބްރަރީން ހުރިހާ ވައްތަރެއްގެ ފޮތްތައް ލިބެން ހުރެއެވެ.

އިންޓަނެޓް އާކައިވްއިން ބުނީ އަންނަ ޖޫން މަހާ ހަމައަށް އެ ލައިބްރަރީއަށް ވަދެވޭނެ ކަމަށެވެ.

އެ ލައިބްރަރީން 1.4 މިލިއަން ޑިޖިޓަލް ފޮތަށް ހިލޭ އެކްސެސްވެވޭއިރު ދަރިވަރުންނާއި ޓީޗަރުންނަށާއި އަދި ފޮތް ކިޔުމަށް ލޯބިކުރައްވާ ފަރާތްތަކަށް ގައިމުވެސް ރަނުގެ ފުރުސަތެކެވެ.

އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް އިންސްޓްޓިއުޝަން އޮފް އެޑިއުކޭޝަންއިންވެސް ވަނީ ޑިޖިޓަލް ލައިބްރަރީއެއް ހުޅުވާލައިފައެވެ. އެ ލައިބްރަރީގައި ކުޑަކުދިންނަށް ހާއްސަކޮށް އިނގިރޭސިއާއި ދިވެހި ވާހަކަތައް ހިމެެނެއެވެ.

comment ކޮމެންޓް