އިތުރު ރިސޯޓަކާއި ގެސްޓް ހައުސްއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ރިހިވެލި ޑްރީމް ހޮެޓެލް މޯލްޑިވްސް--

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އިތުރު ރިސޯޓަކާއި ގެސްޓް ހައުސްއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑްއާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރިހިވެލި ޑްރީމް ހޮޓެލް މޯލްޑިވްސްއިން ކޮވިޑްގެ އަލާމަތްތައް ހުރި މީހަކު ފެނިގެން އެ ރިސޯޓް މޮނީޓަރިންއަށް ގެނެސްފައިވާ ކަމަށެވެ. ޝައްކުވި މީހާގެ ސާމްޕަލް މިހާރު ދަނީ ޓެސްޓްކުރަމުންނެވެ.

އޭގެ އިތުރުން ކ. މާފުށީގައި ހުންނަ ގެސްޓް ހައުސްއެއް ކަމަށްވާ ސެވަން ކޮރެލްސްވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކޮވިޑްއަށް ޝައްކުވާ މީހަކު ފެނިގެން މޮނިޓަރިންގެ ހާލަތުގައި އޮތް އާކް ނޯބަލް ސަފާރީ މިހާރު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތް ސަފާރީތަކުގެ ތެރޭގައި މޯލްޑިވްސް ސަފާރީއާއި ވީއެސް ގްލޮރީ ކާގޯވެސެލްއާއި އައިލެންޑް ސަފާރީ އެކެއްގެ އިތުރުން އެސްވައި ސްޓާޒް އެންޑް ހިމެނެއެވެ.

ކޮރޯނާ ޖެހިފައިވާ 18 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ތިން ދިވެހިން ފިޔަވާ އެންމެން މިހާރު ވަނީ ރަނގަޅުވެފައވެެ.

comment ކޮމެންޓް