ލޮކް އެންޑް ކީ ގެ ދެވަނަ ސީޒަނެއް އަންނާނެ

ލޮކް އެންޑް ކީ ޕޯސްޓަރެއް---

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "ލޮކް އެންޑް ކީ"ގެ ދެވަނަ ސީޒަނެއް ގެނެސްދޭނެ ކަމަށް އިއުލާންކޮށްފި އެވެ.

ނެޓްފްލިކް އިން އެކަން ކަށަވަރުކޮށްދީފައިވާއިރު ލޮކް އެންޑް ކީ ގެ ފޭނުން އަންނަނީ އުފާފާޅުކުރަމުންނެވެ. މި ދިޔަ ފެބްރުއަރީ މަހު ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް ދައްކާފައިވާއިރު އެ ސީރީޒް ވެގެން ގޮސްފައިވަނީ ދިވެހިން ވެސް އެންމެ ގިނައިން ބެލި އެ ސީރީޒްއަށެވެ. ނެޓްފްލިކްސްގެ ލިސްޓުގައި "ލޮކް އެންޑް ކީ" އަށް ދެވަނަ ވެސް ވަނީ ލިބިފަ އެވެ.

އާދަޔާ ހިލާފު ގެއަކުން ފެންނަ ތަޅުދަނޑިތަކުގައި ޖާދޫވީ ބާރު ހުންނަކަން ދައްކުވައިދޭ އެ ޝޯ ވަނީ ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައެވެ.

comment ކޮމެންޓް