ލަވަކިޔުންތެރިޔާ ކެލީ ޝޯރްއަށް ކޮރޯނާވައިރަސް ޖެހިއްޖެ

އެމެރިކާގެ ލަވަކިޔުންތެރިޔާ ކެލީ ޝޯރް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ ލަވަކިޔުންތެރިޔާ މިދިޔަ ހޯދަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ އޭނާ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ކެލީ ބުނީ އޭނާގެ ހާލަތު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށާއި ބަލީގެ ކުރީކޮޅު އޭނާ އުޅުނީ ވަރަށް ވޭނުގައި ކަމަށެވެ.

ކެލީ ބުނީ މި ބައްޔަކީ ވަރަށް ނުރައްކާތެރި ސީރިއަސް ބައްޔެއްކަމަށާއި ބައެއް މީހުން އެކަން ސީރިއަސްކޮށް ނުނަގާތީ ރުޅިއަންނަކަމަށެވެ.

"ފުރަތަމަ ދުވަސްކޮޅު އަހަރެން ވަރަށް ހާލުގައި އުޅުނީ. ހުންއައިސް މުޅި ގައިގައި ރިއްސައި ކާއެއްޗެއް ރަހަ ވެސް ހުރީ އެއްކޮށް ގެއްލިފައި،" ކެލީ ބުންޏެވެ.

އޭނާ ވަނީ ގިނަ ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ލަވަތަކަކީ "ފައިޓް ލައިކް އަ ގާލް"، "ޓޫ ހޭންޑްސް"، "އެސްކޭޕް" އަދި "ހީ އިޒް ޖަސްޓް ނޮޓް ދެޓް އިންޓު ޔޫ" އެވެ.

comment ކޮމެންޓް