އާލިއާ އާއި ރަންބީރު ދިރިއުޅެނީ އެކުގައި؟!

އާލިއާ އާއި ރަންބީރު އެކުގައި....

އިންޑިއާ 21 ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު ބަތަލާ އާލިއާ ބަޓް އާއި އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު މިދުވަސްކޮޅު ދިރިއުޅެނީ އެއްކޮށްކަމަށް ހަބަރުތައް ބުނެފި އެވެ.

ހަބަރުތައް ބުނާގޮތުގައި އާލިއާ އާއި ރަންބީރު މިހާރު އުޅެނީ ލިވިން ރިލޭޝަންޝިޕެއްގަ އެވެ. އެ ވާހަކަތަކަށް އިތުރު ބާރެއް ލިބިގެންދިޔައި އާލިއާ އާއި ރަންބީރު އެކުގައި އެޕާޓްމަންޓުން ނުކުންނަ ވީޑިއޯއެއް ވައިރަލްވުމާ ގުޅިގެންނެވެ. އެ ވީޑިއޯގައި އެދެތަރިން ވެސް ތިބީ ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅާފައެވެ.

އާލިއާ މީގެ ކުރިން ލިވިން ރިލޭޝަންޝިޕެއްގައި ނޫޅުނު ނަމަވެސް ރަންބީރު ވަނީ ލިވިންރިލޭޝަންޝިޕެއްގައި އުޅެފަ އެވެ. އޭނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާ ކެއިފްއާ އެކު ވަނީ ދެއަހަރެއްހާ ދުވަސްވަންދެން އެކުގައި ދިރިއުޅެފަ އެވެ. ނަމަވެސް އޭގެ ފަހުން ދެތަރިންވެސް ވަނީ ވަކިވެފަ އެވެ.

އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވީ 2018 ވަނަ އަހަރުގަ އެވެ. ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު ބުރައްމަސްތުރާ މިއަހަރަށް ތާވަލްކުރި ނަމަވެސް އެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ.

comment ކޮމެންޓް