ޗާޓަރު ފްލައިޓުން ލަންކާގައި ތިބި އާއިލާތަކަށް ތަކެތި ފޮނުވޭގެޮތް ހަދަނީ

މޯލްޑިވިއަންއިން އިއްޔެ ސްރީލަންކާއަސް ދަތުރުކުރި ބޯޓް--- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުން ލަންކާގައި ތިބި އާއިލާތަކަށް ތަކެތި ފޮނުވޭގޮތް ހަދައިފި އެވެ.

ފޮރިން މިނިސްޓަރުއ އަބްދުﷲ ޝާހިދު ވިދާޅުވީ ލަންކާގައި ތިިބި ދިވެހިންނަށް އެހީވުމުގެ ގޮތުން އެގައުމުގަިއ ތިބި ދިވެހިންނަށް އެހީވާން ތަކެތި ފޮނުވުމުގެ ފުރުސަތު ދޭން ނިންމައިފައިވާ ކަމަށެވެ.

"އުއްމީދުކުރަން މި ފުރުސަތާއެކު ލަންކާގައި ތިބި ދިވެހިންނަށް ވަގުތީ ގޮތުން ހައްލެއް ލިބިގެންދާނެ ކަމަށް" ޝާހިދުގެ ޓުވީޓުގައި ވެ އެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑްއާ ގުޅިގެން ސްރީލަންކާވެސް މިހާރު އޮތީ ލޮކްޑައުންގަ އެވެ. އެކަމާ ގުޅިގެން ގިނަ ދިވެހިން ދަނީ ރާއްޖެ ގެންނަން އެދެމުންނެވެ.

ރާއްޖެއާ ސްރީލަންކާއާ ދެމެދު މިހާރު ވަނީ އާންމުކޮށް ބާއްވަމުން އައި ކޮމާޝަލް ފްލައިޓްތައްވެސް ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް ރާއްޖެއަށް ބޭނުންވާ ޒަރޫރީތަކެތި ގެނައުމަށް މޯލްޑިވިއަންއިން ދަނީ ޗާޓަރު ފްލައިޓްތަކެއް ބާއްވަމުންނެވެ. އެގޮތުން އިއްޔެވެސް ސްރީލަންކާއިން ވަނީ 10 ޓަނުގެ ތަކެތި ގެނެސްފަ އެވެ.

comment ކޮމެންޓް