ސްކޫލްތައް ހުޅުވެންދެން ބްރިޖުގައި 24 ގަޑިއިރު މުދާ އުފުލަން ހުއްދަ ދީފި

ޑިސެމްބަރ 2، 2019: މާލޭ ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލުތައް ހުޅުވެންދެން ބްރިޖު މަތިން 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓު އޮތޯރިޓީން ދީފި އެވެ.

މީގެކުރިން ވަކި ގަޑިތަކެއްގައި ބުރިޖުމަތީގައި މުދާ އުފުލުމަކީ މަނާކަމެކެވެ. އެގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި މެންދަމު، 1:00 އިން ހެނދުނު 6:00 އަށް ބްރިޖު މަތިންް މުދާ އުފުލުން އޮތީ މަނާކޮށްފަ އެވެ.

އެހެން ނަމަަވެސް ޓްރާންސްޕޯޓު އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އިއްޔެއިން ފެށިގެން ސްކޫލުތައް ހުޅުވެންދެން މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުގައި، ބުރިޖު މަތިން 24 ގަޑިއިރު، މުދާ އުފުލުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސްކޫލުތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކާއި ޓިއުޝަން ކްލާސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

މިދިޔަ ޖުލައި މަހު އެ އޮތީރިޓީން ވަނީ މާލެ އަދި ހުޅުމާލޭގައި ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯއިން ފެށިގެންމަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މާނާކޮށްފަ އެވެ.

ނަމަވެސް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ސްކޫލުތަށް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ވަނީ ދީފަ އެވެ.

comment ކޮމެންޓް