ކޮރޯނާ ވައިރަސް ޑީއެކްޓިވޭޓްކޮށްދޭ ނޭނޯ މެޓީރިއަލްއެއް ޗައިނާއިން އުފައްދައިފި

ކޮވިޑް ފެތުރޭތީ ބަޔަކު މާސްކު އަޅައިގެން---

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޑީއެކްޓިވޭޓްކޮށްދޭ، ނޫނީ ނައްތާލާ، ނޭނޯ މެޓީރިއަލްއެއް ޗައިނާގެ ސައިންސްވެރިންތަކެއް އުފައްދައިފި އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްއިން ޝާއިއުކުރި ލިޔުމެއްގައި ބުނީ އެ ނޭނޯ މެޓީރިއަލްއިން ވައިރަސް "އެބްޒޯބް"ކޮށް ޑީއެކްޓިވޭޓްކޮށްދޭ ކަމަށެެވެ. އަދި މިހާރު ސައިންސްވެރިން މަސައްކަތް ކުރުމުންދަނީ އެ ޓެކްނޮލޮޖީ، ފޭސް މާސްކާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތީގައި ހިމެނުމަށް ކަމަށް ބުނެފައިވެ އެވެ.

ޗައިނާގެ ސަރުކާރުގެ ތިންކްޓޭންކްއެއް ކަމަށްވާ ޗައިނީސް އެކެޑަމީ އޮފް ސައިންސަސްއިން ހިންގާ ދާލިއާން އިންސްޓިއުޓް އޮފް ފިޒިކްސްއިން ބުނީ އެ ނެނޯ މެޓީރިއަލް އިން ކޮރޯނާ ވައިރަސްގެ 96 އަކާއި 99 ޕަސެންޓް ޑީއެކްޓިވޭޓްކޮށްދޭ ކަަމަށެވެ.

ނޭނޯ މެޓީރިއަލްއަކީ ހަމަ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. އިންސާނުންގެ އިސްތަށީގެ ޑައިމީޓަރަށް ވުރެ ނޭނޯ މެޓީރިއަލް 100،000 ކުޑަ އެވެ. ނޭނޯ މެޓީރިއަލްތައް ގުދުރަތީ މާހައުލުތަކުގައި އުޅޭއިރު އެފަދަ މެރީރިއަލްތައް ސައިންސްވެރިންނަށް އުފެއްދެ އެވެ.

އެމެރިކާގެ ނޯތު އީސްޓާން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަސްވާ ތޯމަސް ވެބްސަޓާ މިހާރު ވެސް ދަނީ ވައިރަސްތައް ނައްތާލައި ބަލިތަކަށް ފަރުވާ ކުރުމަށް ނޭނޯ މެޑިސިން ބޭނުންކުރަމުންނެވެ. ކޮވިޑްއާ ގުޅިގެން އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލްއަށް އެކި ހުށަހެޅުންތަކެއް ހުށަހެޅުމުގައި ތޯމަސް ވެސް ބައިވެރިވެލައްވަ އެވެ. އޭނާ ވެސް ވަނީ ނޭނޯ މެޓީރިއަލްއެއް ބޭނުންކޮށްގެން ކޮވިޑް ފަދަ ވައިރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަށް ހުށަހަޅައިފަ އެވެ.

ކޮވިޖް ޖެހިފައިވާ މީހުންގެ އަދަދު 600،000 އަށް ވުރެ ވަނީ އިތުރުވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު 33،000 އަށް ވުރެ ވެސް ވަނީ އިތުރުވެފަ އެވެ. އެ ބައްޔަށް މިހާރު ދަނީ ބޭހާއި ވެކްސިން އުފެއްދުމުގެ މަސައްކަތް އެކި ގައުމުތަކުގައި ވަނީ ފަށައިފަ އެވެ.

މަސްދަރު: އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް، ގްލޯބަލްޓައިމްސް

comment ކޮމެންޓް