ޝާހްރުކްއާއި އާލިއާގެ ޖޯޑު ސްކްރީނަށް؟

ޝާހްރުކް އާއި އާލިއާ---

ދެހާސް ސޯޅަވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޑިއާ ޒިންދަގީ"އަށް ފަހު މި ދެތަރިން އެކުގައި ސްކްރީނުން ފެނިފައެއް ނުވެއެވެ.

ޕިންކްވިލާއިން ބުނާގޮތުގައި ޝާހްރުކް އާއި އާލިއާގެ ޖޯޑު ސްކްރީނަށް އަންނަން ތައްޔާރުވަނީއެވެ. މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ވޯ"ގެ ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދޭ އެ ފިލްމަށް އާލިއާއާއި ޝާހްރުކްގެ ޖޯޑު ހަމަޖައްސައިފައިވާކަމަށް އެ ނޫހުން ބުނެއެވެ. ނަން ހާމަނުކުރާ އެ ފިލްމު ރަސްމީކޮށް އިއުލާންކުރާނީ ކޮރޯނާވައިރަހުގެ ކަންތައްތައް ހަމައަކަށް އެޅުމުންނެވެ.

ޕިންކްވިލާއިން ބުނީ ފިލްމުގެ ސްކްރިޕްޓް އާލިއާއަށާއި ޝާހްރުކަށް މިހާރު ސިދާތު ކިޔައިދީފައިވާ ކަމަށާއި އެ ދެތަރިންނަށް އެ ސްކްރިޕްޓް ވަރަށް ކަމުދާކަމަށް އެއްބަސްވެފައިވާކަމަށެވެ.

ޑިއާ ޒިންދަގީގައި އާލިއާ ފެނިގެންދާނީ ތަކުރާރުކޮށް ލޯބީގައި ނާކާމިޔާބުވެ، ހިތް ހަލާކުވެފައިވާ ކުއްޖެއްގެ ރޯލުންނެވެ. އަދި ޝާހު ފެނިގެން ދާނީ އާލިއާގެ ހަމަނުޖެހުން ބޮޑުވެފައިވާ ހިތާއި ސިކުނޑިއަށް ލުއިކަމެއް ހޯދައިދީ ދިރިއުޅުމުގެ މަގުސަދު ވިސްނައި ދިނުމަށް އެހީވެދޭ ތެރަޕިސްޓެއްގެ ރޯލުންނެވެ.

comment ކޮމެންޓް