ކޮރޯނާ ވައިރަސް: ތިލަފުށި ޑިސްއިންފެކްޓް ކުރަން ފަށައިފި

ތިލަފުށި ޑިސްއިންފެކްޓްކުރަނީ-- ފޮޓޯ: އެމްއެންޑީއެފް

މިހާރު ރާއްޖެއާއި މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ތިލަފުށި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ އިދާރާއާއި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ތިލަފުށީގެ ބައެއް މަގުތައް ޑިސްއިންފެކްޓް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިއަދު މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ސިނާއީ މަސައްކްތައް ކުރަމުންދާ ތިލަފުށީގައި އެމްއެންޑީއެފްއިން މިއަދު ވަނީ ގިނަ އަދަދަކަށް ކެމިކަލް ސްޕްރޭވެސްކޮށްފައެވެ.

ކޮރޯނާއާ ގުޅިގެން ހުޅުމާލެއާއި މާލޭގެ މަގުތައް ދޮވުމުގެ މަސައްކަތްވެސް ދާފި ފަހުން ވަނީ ކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ ޖަލުތަކާއި މިސްކިތްތަކުގެ ކާޕެޓްތައްވެސް ދާދި ފަހުން ނަގައި ވަނީ ސާފުކޮށްފައެވެ.

ކޮރޯނާއާ ގުޅިގެން މިހާރު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ސްކޫލްތައް ބަންދުކޮށް ސަރުކާރުގެ އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާއަށް 17 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ދެ ދިވެއްސަކުވެސް ހިމެނެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 11 މީހަކު މިހާރު ވަނީ ރަނގަޅުވެސްވެފައެވެ.

comment ކޮމެންޓް