ކޮރޯނާވައިރަސް: ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާވެސް ފަސްކޮށްފި

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

މިހާރު މުޅި ދުނިޔެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާވެސް ބޭއްވުން ފަސްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެން އަހަރީ ޖަލްސާ ބާއްވާނީ ކޮރޯނާވައިރަސްގެ ހާލަތު ބަދަލުވުމުން ކަމަށެވެ.

މިއަހަރަކީ ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުނު އަހަރެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައްވެސް މިހަރު އޮތީ ބަންދުކޮށްފައެވެ.

ކޮރޯނާއާ ގުޅިގެން ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަހަރު ކުރިއަށް ގެންގޮސްފައިފައިވަނީ އެހެން އަހަރުތަކާ ހިލާފަށް ދިދަ ބިސީ ބޭނުންކޮށްގެންނެވެ. ދިދަ ބިސީއަކީ ދިދަ ހިފައިގެންދާ ހަމައެކަނި ހަތަރު ފުލުހުންނެވެ.

މިހާތަނަށް ރާއްޖޭގައި ކޮރޯނާއަށް 17 މީހަކު ވަނީ ޕޮޒިޓިވްވެސްވެފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން އައި ދެ ދިވެހިން ހިމެނެއެވެ،

comment ކޮމެންޓް