ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ ހިލޭ!

ކޮވިޑް19 އާ ގުޅިގެން ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ ޑޭޓާ އިންޓަނެޓް ހިލޭ ދިނުމަށް އެކުންފުނިން ނިންމައިފި އެވެ.

ދިރާގުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މަސް ނިމޭއިރު، ގޭގައި ތިބެގެން ކިޔަވާ ދަރިވަރުންނަށާއި މަސައްކަތް ކުރާ ފަރާތްތަކަށާއި އަދި ގޭގައި ތިބޭއިރު މުނިފޫހިފިލުވައިލުމަށް އިތުރު ޑޭޓާ އެލަވެންސެއް ލިބުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.

ދިރާގުގެ މައި އެކައުންޓުގައި ހިމެނޭ ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް މިހާރު ދިރާގުން ހިލޭ ދިނުމަށް ނިންމާފައިވާ 10 ޖީބީ ޑޭޓާ މިހާރު އެކްޓިވޭޓް ކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އަދި އިންޓަނެޓް ބޭނުންކުރެވޭ މިންވަރު ބެލުމަށް، ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް ގޭގައި މަޑުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދެމުން އަންނަ އިރު، އެކަމަށް ބާރުއެޅުމަށް ނިންމި ނިންމުމެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ގޭގައި ތިބޭއިރު އިންޓަނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަން ގަބޫލުކުރާ ކަމަށާއި، އެހެންކަމުން ކަސްޓަމަރުންނަށް ފަސޭހަވާނެ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންް އަންނަ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ދިރާގުން މީގެ ކުރިން ވެސް ވަނީ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދީފަ އެވެ.

އެގޮތުން ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓު އިތުރު ޑޭޓާ މި މަހާއި މި އަންނަ މަހުގައި ވެސް ދިނުމަށް ދިރާގުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން 25 ޕަސެންޓުގެ ޑިސްކައުންޓެއް މި މަހާއި އެޕްރީލް މަހު ދިނުމަށް ވެސް ދިރާގުން ވަނީ ނިންމައިފަ އެވެ.

އަދި ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ އެޑްއޮންތަކުން އަންނަ މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ވެސް ދިރާގުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް